ކަނޑު މަތީގެ ދެހާދިސާއެއް ހިނގާ 5 މީހަކަށް އަނިޔާވެ ދޯންޏެއް އަޑިޔަށް ހިނގައްޖެ

މިއަދު މެންދުރު ކަނޑު މަތީގެ ދެ ހާދިސާއެއް ހިނގާ 5 މީހަކަށް އަނިޔާވެ ދޯންޏެއް އަޑިޔަށް ހިނގައްޖެއެވެ.

މިއަދު ހިނގި ދެހާދިސާގެ ދެތެރިން ފުރަތަމަ ހާދިސާ ހިނގާފައިވަނީ މެންދުރުފަހު 13:15 ހާއިރު ޓީ ޖެޓީ ސަރަހައްދުގައި ވިލިމާލެއިން މާލެއައި އެމް.ޓީ.ސީ.ސީގެ އަސްފަރު ނަމަކަށް ކިޔާ ފެރީ އަކާއި ޓީޖެޓީން މުދާ ހިފައިގެން ކ. ހިންމަފުއްޓަށް ދިއުމަށް ދަތުރުކުރި މިހިރި ނަމަކަށް ކިޔާ ދޯންޏެއް ޓީ ޖެޓީ ކަނޑިންމަ ކައިރިން ޖެހިގެންނެވެ. މިހާދިސާގައި އަޑިއަށް ގޮސްފައިވަނީ މިރިހި ނަމަކަށް ކިޔާ ދޯންޏެކެވެ. އެމް.ޓީ.ސީ.ސީ ފެރީއަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު މިރިހި ދޯނި ދިނރުބާކޮޅު ފަޅައިގެން ގޮސް ވަނީ އަޑިއަށް ގޮސްފައެވެ.

މިރިހި ދޯނި ފެންމަތި ކުރުމަށް މިހާރު އެމްއެންޑީއެފް މާލޭ އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ޙަރަކާތްތެރިވަމުން އެބަދެއެވެ. މިއެކްސިޑެންޓް ހިނގިއިރި އެވަގުތު ދޯނީގައި 02 މީހަކު ތިބި ކަމަށާއި މި އެކްސިޑެންޓްގައި ދޯނީގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް މެރިން ޕޮލިސް އާ ޙަވާލާދެއްވާ އެމްއެންޑީއެފް މާލޭ އޭރިއާއިން މަޢުލޫމާތު ދީފައިވެއެވެ.

ދެވަނަ ހާދިސާ ހިނގާފައިވަނީ 13:35 ހާއިރު އެއަރ ޕޯޓުން މާލެއައި ކިރުދޫނި ނަމަކަށް ކިޔާ ފެރީއަކާއި ހުޅުމާލެއިން މާލެއައި އެމް.ޓީ.ސީ.ސީ ނަސްރު ނަމަކަށް ކިޔާ ފެރީއެއް ޖެހިގެންނެވެ. މިހާދިސާގައި 5 މީހަކަށް އަނިޔާވެ ދެ ދޯންޏަށްވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

މި ދެ އެކްސިޑެންޓް މެރިން ޕޮލިސް އިން ދަނީ ތަހުޤީޤު ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މައުލޫމާތު ދެއެވެ.

ފަހުގެ