ވެލިދޫ ރައްޔިތުން ކައުންސިލް އިދާރާ ކައިރިޔަށް އެއްވެއްޖެ

އަސާސީ ހިދުމަތް ނުލިބޭކަމަށް ބުނެ ނ. ވެލިދޫ ރައްޔިތުން އެރަށު ކައުންސިލް އިދާރާ ކައިރިޔަށް އެއްވެއްޖެއެވެ.

ވެލިދޫ ރައްޔިތުން ކައުންސިލް އިދާރާ ދޮށަށް އެއްވެ ސުލްހަވެރިކަމާއި އެކު އަޑު އުފުލަމުން ދަނީ ހުއްޓިފައިވާ ދަތުރު ފަތުރުގެ ނިޒާމްގެ ދަށުން ދަތުރު ކުރާ ފެރީގެ ހިދުމަތް ހުއްޓާލުމާއި އެރަށުގައި ބެހެއްޓުމަށް ބޭންކް އޮފް މޯލްޑިވްސް އިން ގެންދިޔަ އޭޓީއެމް މެޝިން ބަހައްޓާފައި ނުވާތީ ކަމަށް އެރަށުން ހަބަރު ލިބެއެވެ.

އެރަށުން މައުލޫމާތު ދިން ފަރާތަކުން ބުނީ ފެރީގެ ހިދުމަތް ހުއްޓިފައި ވަނީ ފަހުން ފައިސާ ދޭގޮތަށް ފެރީގެ ހިދުމަތް ދޭ ފަރާތުން އެހިދުމަތް ދިނުމަށް ދެކޮޅު ހެދުމުން ކަމަށާއި އެރަށުގައި ބެހެއްޓުމައި ގެންދިޔަ އޭޓީއެމް މެޝިން ކައުންސިލް އިދާރާގައި ހުންނަތާ އެތަށް މަހެއް ވެފައިވާ ކަމަށެވެ.

އޭޓީއެމް ބަހައްޓާފައި ނުވާތީ އެރަށު ރައްޔިތަކު އެކަމަށް ސުވާލުކޮށް ޕޯސްޓަރެއް ހިފައިގެން. ފޮޓޯ: ކުލަ ޔެލޯ
އޭޓީއެމް ބަހައްޓާފައި ނުވާތީ އެރަށު ރައްޔިތަކު އެކަމަށް ސުވާލުކޮށް ޕޯސްޓަރެއް ހިފައިގެން. ފޮޓޯ: ކުލަ ޔެލޯ
ފަހުގެ