ލ.އަތޮޅުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލ.އަތޮޅުގައި މިއަދު ހެނދުނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ދެސައިކަލު ޖެހި ހިނގި މިއެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ސިފައިންގެ މީހަކު އެމްއެންޑީއެފްގެ ހެލިކަޕްޓަރުގައި މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ކައްދޫން ފޮނަދުއަށް އަދި ފޮނަދޫން ކައްދުއަށް ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހިގެން ކަމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން މަޢުލޫމާތު ދެއެވެ..

މި ހާދިސާ އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާރވިސް އިން ގެންދަވަނީ ތަޙްޤީޤް ކުރައްވަމުންނެވެ.

ފަހުގެ