ގްލޯބަލް ލިންކް ޕްރައިވެޓް ލިމިޓެޑްގެ ލައްކައަކަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

ގްލޯބަލް ލިންކް ޕްރައިވެޓް ލިމިޓެޑްގެ -/104095.00ރ (އެއްލައްކަ ހަތަރުހާސް ނުވަދިހަ ފަސް ރުފިޔާ) އަށް ހިޔާނާތްތެރިވި މީހެއްގެ މައްސަލަ ތަޙްޤީޤު ނިންމައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގާ ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ސ.މީދޫ، ސީސަންވާދީ މުޙައްމަދު މުޢާޛު (36އ) ގެ މައްޗަށެވެ.

މިމައްސަލައަކީ މިދިޔަ އަހަރު އޮކްޓޫބަރު 17 ވަނަދުވަހުގެ ވަގުތެއްގައި ގްލޯބަލް ލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޮރިޝަސް ބޭންކަށް ޖަމާކުރަން މުޢާޛުއާ ހަވާލުކުރި ފައިސާއަށް އޭނާ ހިޔާނާތްތެރިވި މައްސަލަކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކުރެއެވެ.

ފަހުގެ