އައްބާސް އާދިލް ރިޒާމެންގެ ގެ ޗައިނާ އެންބަސީއަށް ކުއްޔަށް ދޫކޮށްފި

އައްބާސް އާދިލް ރިޒާ މަސައްކަތް ކުރަނީ އިންޑިޔާ އާއި ރާއްޖޭގެ ގުޅުމަށް ބުރޫ އަރުވަން

ރައީސް މުހައްދު ވަހީދުގެ ކުރީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާގެ އަމިއްލަ ގެ ކަމުގައިވާ  ޖޫލިއާނާ ރެސްޓޯރަންޓު ހުންނަ އިމާރާތް،  ޗައިނާ އެމްބަސީހަދަން ދިގު މުއްދަތަކަށް ދޫކޮށްލައިފި ކަމަށް ޓައިމްސްއަށް މައުލޫމާތު ލިބިއްޖެ އެވެ.

ޗައިނާގެ އެންމެ ބޮޑު އެއް ހަތުރު ކަމުގައިވާ އިންޑިއާގެ އަމިއްލަ ކުންފުންޏަކުން ދިވެހިރާއްޖެއަށް މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު އެއް އިންވެސްޓުމަންޓު ކަމުގައިވާ އިބްރާހިމް ނާސިރު އިންޓަރ ނޭޝަނަލް އެއާޕޯޓުތަރައްގީ ކުރުމުގެ ޕްރޮޖެކްޓުގެ އެގްރީމަންޓު އުވާލައި ޖީއެމްއާރު ރާއްޖެއިން ބޭރުކޮށްލުމުގައިވެސް އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅަކީ އައްބާސް އާދިލް ރިޒާ އެވެ.

“ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް” ނަމުގައި ގައުމީ ހަރަކާތުން ކުރިއަށް ގެންދިއަ ކެމްޕޭނުގައި އައްބާސް ވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބަސިޑަރ ޑީއެމް މުލޭއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހަމަ އެހެންމެ ފެބްރުއަރީ 2012 ގައި ސަރުކާރު ބަދަލުވުމާ ގުޅިގެން އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީ ވަޑައިގަތުމުން އައްބާސް އާދިލް ރިޒާ ވަނީ އެތައް ބައެއްގެ ކުރިމަތީގައި ރަންޖަން މަތާއީގެ ގަދަރުކުޑަވާ ގޮތަށް މުއާމަލާތްކޮށްފައެވެ.

ޖީއެމްއާރާ ދެކޮޅަށް ގައުމީ ހަރަކާތުން ކުރިއަށް ގެންދިއަ ސިލްސިލާ އެއްވުންތަކުގައި ވާހަކަ ދައްކަވަމުން އައްބާސް ވަނީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލާ ދުވަހު މުލޭގެ މަގާމް ވެސް ގެއްލޭނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ. އަދި މުލޭ ވަނީ ޖީއެމްއާރު އަތުން ރިޝްވަތު ނަންގަވާފައި ކަމަށް ވެސް އައްބާސް ތުހުމަތުކުރެއްވި އެވެ.

ހައިކޮމިޝަނަރު ރާއްޖެ ދޫކޮށް ދާންޖެހޭ ކަމަށް އައްބާސް އާދިލް ރިޒާ ވިދާޅުވި އިރުވެސް ހައިކޮމިޝަނަރުގެ އަސްލު ޓާމް ވަނީ ހަމަވެފައެވެ. އިންޑިޔާގެ ހައިކޮމިޝަނަރުން ރާއްޖެއަށް ވެސް އެހެން ގައުމުތަކަށް ވެސް ވަޑައިގަންނަވަނީ 3 އަހަރު ދުވަހަށެވެ. ހައިކޮމިޝަނަރު މުލޭ ރާއްޖެ ވަޑައިގަތީ 2009 އެޕްރީލްގައެވެ. ވީމާ 2012 އެޕްރީލަށް މުލޭގެ ޓާމް ވަނީ ހަމަވެފައެވެ. އައްބާސްގެ އެވާހަކައަކީ ހައިކޮމިޝަނަރުގެ ޓާމް ހަމަވެފައިވުމުން ހައިކޮމިޝަނަރު ވަރަށް އަވަހަށް ވަޑައިގަންނަވާނެކަން އެނގި ހުރެ، ހައިކޮމިޝަނަރު ފޮނުވާލީ އައްބާސް އާދިލް ރިޒާމެންކަމަށް ރައްޔިތުންނަށް ދެއްކުމަށް ދެއްކި ވާހަކަތަކެއް ކަމަށް ގަބޫލު ކުރެވެއެވެ. ޓާމް ހަމަވުމާއެކު ވެސް އަދި އައްބާސްމެން މުލޭ ފޮނުވާލަން ދެއްކި ވާހަކަތަކަށް ފަހު ވެސް އަދިވެސް މުލޭ ހުންނެވީ ހައިކޮމިޝަނަރުކަމުގެ މަގާމުގައިކަން ފާހަގަކޮށްލެވެއެވެ.

 ސަރުކާރުގެ ތަރުޖަމާނުގެ މަގާމުގައި ހުރެގެން އައްބާސް އާދިލް ރިޒާ ދެއްކި ވާހަކަތަކާއި ތުހުމަތުތައް އިންޑިއާ އެމްބަސީން ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފަ އެވެ. އަދި އައްބާސްގެ އެ އަމަލަކީ ޑިޕްލޮމެޓިކް ޕްރޮޓޮކޯލްއާ ވެސް ހިލާފު ކަމެއް ކަމަށް އިންޑިއަން ހައިކޮމިޝަނުން ވަނީ ބުނެފަ އެވެ.

އައްބާސްގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކުން ދިވެހި ސަރުކާރު ވަނީ ބަރީއަ ވި ނަމަވެސް އައްބާސް އާދިލް ރިޒާ މަގާމުން ވަކި ނުކޮށް ހުރުމާއި، އޭގެ ފަހުން އައްބާސް އާދިލް ރިޒާއަށް ސްޓޭޓް މިނިސްޓަރުކަން ދިނުމަކީ އަވަށްޓެރި އިންޑިޔާގެ މޫނު މަތީގައި ޑިޕްލޮމެޓިކް ގޮތުން ދިވެހި ސަރުކާރުން އަޅާލި ތަފާލެއް ކަމަށް ޑިޕްލޮމެޓިކް ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅުން ދެކެވަޑައިގަންނަވައެވެ. އަދި މިފަދަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އައްބާސް އާދިލް ރިޒާ މަސައްކަތް ކުރަނީ އިންޑިޔާ އާއި ރާއްޖޭގެ ގުޅުމަށް ބުރޫ އަރުވާށެވެ.

ފަހުގެ