ސިއާސީ ޕާޓީތަކުގެ ބިލުން މެމްބަރު މުހައްމަދު ނަޝީދު ބަރީއަވެ ވަޑައިގެންފި

ސިއާސީ ޕާޓީތަކުގެ ބިލުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ބަރީއަވެ ވަޑައިގެންފި އެވެ.

މުހައްމަދު ނަޝީދު އޭނާގެ ބްލޮގްގައި މިއަދު ވިދާޅުވީ އޭނާގެ އަމިއްލަ ހިޔާލު ސިއާސީ ޕާޓީތަކުގެ ބިލުގައި ހިމެނިފި ނޯންނާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ އެ ބިލަކީ އަމިއްލަ މެމްބަރަކު ބިލެއް ބިލެއް ނޫންކަމަށާއި، އެ ބިލަކީ ސަރުކާރުން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އެ ބިލަކީ ހުށަހަޅައި މަޖިލީހުގެ ނިޒާމުގެ ތެރެއިން އުފެދިފައިވާ ބިލެއް ކަމަށެވެ.

“އަޅުގަނޑުގެ އަމިއްލަ ހިޔާލު މި ބިލުގެ ތެރޭގައެއް ހިމެނިފައެއް ނޯންނާނެ. އަޅުގަނޑަކީ ހަމައެކަނި މި ބިލުގެ މަސައްކަތްހިނގި ކޮމެޓީގެ މުގައްރިރު.” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އޭނާގެ އަމިއްލަ ހިޔާލު އެ ބިލުގައި ހުރި ބައެއް އުސޫލުތަކާއި ތަފާތުކަމަށާއި، އޭގެ ތެރޭގައި ސިއާސީ ޕާޓީތަކުގައި 10000 މެމްބަރުން ތިންބެންޖެހޭނަކަމަށް އޮތް އޮތުމާއި، ފައިސާ ދިނުމަށް އަމަލުކުރާގޮތާއި، ބިން ދޫކުރުމުގައި އަމަލުކުރާ ގޮތާއި، ޕާޓީތައް އުވާލުމުގައި އަމަލުކުރާ ގޮތާއި، ދަފްތަރަށް ބެލުމުގެ އުސޫލާއި އޭނާގެ އަމިއްލަ ހިޔާލު ތަފާތު ކަމަށެވެ.

“އެހެން ނަމަވެސް މި ބިލު މުހާރު ފާސްކޮށްފަ މިއޮތީ އަޅުގަނޑު މުގައްރިރުކަން ކުރާ ކޮމެޓީއެއްގަ މެމްބަރަކު ހުށަހަޅުއްވާ އެހެން މެމްބަރަކު ތާއީދު ކުރައްވާ އެ ކޮމެޓީގައި ވޯޓުލެވޭ ގޮތަށް ތިއްބެވި ދިހަ މެމްބަރުންގެ ތެރެއިން، އަށް މެމްބަރުންގެ އަގްލަބިއްޔަތުން. އެހެންވީމަ އެ ޑްރާފްޓް ދިފާއުކުރުމަކީ މުގައްރިރު ކުރަންޖެހޭނެކަމެއް.” ނަޝީދު ވިދާޅުވި އެވެ.

ނަޝީދަކީ މިނިވަން މުއައަސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރެވެ.

ސިއާސީ ޕާޓީތަކުގައި 10000 މެމްބަރުންގެ އަދަދު 10،000 މެމްބަރުންގެ ނިސްބަތުގައި ދެމެހެއްޓުމަށް ނިންމުމާއި ގުޅިގެން ކުދި ޕާޓީތަކުން އަންނަނީ އެކަމަށް ފާޑުކިއަމުންނެވެ. މިގޮތުން، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު 10،000 ގައި ދަމަހައްޓަންޖެހޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ބިލުގައި ހިމަނައި ފާސްކޮށްފައި ވަނީ ސީދާ އަދާލަތު ޕާޓީ އަށް އަމާޒުކޮށްގެން ކަމަށާއި އެ ކަމުގެ ފަހަތުގައި ޖީއެމްއާރުގެ ކަޅު ފައިސާ ވުން އެކަށީގެންވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.

އަދާލަތު ޕާޓީން މިއަދު ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވީ އެ ގޮތަށް ތުހުމަތުކުރެވޭ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށާއި މި ގޮތުން ބިލްގެ ބަހުސްގެ މަރުހަލާގައި ވެސް އެންމެ ފަހުގެ މަރުހަލާތަކާ ހަމައަށް އަންނަންދެން ޕާޓީތައް އުފެދި ދެމެހެއްޓުމަށް ބޭނުންވާ އަދަދަކީ 5،000 މީހުން ކަމަށް ކަނޑައަޅާފައި އޮތް ކަމަށެވެ. އަދި އިނާޔަތް ދެވޭނީ 10،000 މީހުން ހަމަވުމުން ކަމަށް އެ ބިލްގައި އޮތް ނަމަވެސް ވަކި ހިސާބަކުން ކަންކަން ބަދަލުވެގެން ދިޔައީ ބަޔަކު އަޑީގައި ތިބެގެން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ރާއްޖެއިން ޖީއެމްއާރު ފޮނުވާލުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި އިމްރާން ހިމެނިވަޑައިގަންނަވަ އެވެ.

ފަހުގެ