މަޖިލީސް މެމްބަރުންގެ ބޭނުމަކީ ކޮބާ؟

މަޖިލީސް މެމްބަރުންގެ ބޭނުމެއް ފައިދާއެއް ނިކަމެތިންނަށް ނުލިބެއޭ ބުނެވިދާނެ އެވެ. ބިލެއް ފާސްކުރިއަސް އަމިއްލަ ފައިދާއަށް ނޫނީ އާއިލާއަށް ރަށްޓެއްސަކަށް ފައިދާވާ ގޮތަށް ނޫނީ ކަމެއް ކުވެރެވިފައެއް ނެތެވެ. ރައްޔިތުން މަޖިލީހޭ ކިއާއިރު، ރައްޔިތުންގެ ހައްގުތައް ހަމަ ހަމަ ގޮތުގައި ނުދެވޭނަމަ، ކޮން ރައްޔިތުންގެ މަޖިލީހެއް ހެއްޔެވެ؟

ކުޑަ ކުޑަ މިސާލެއް ނަގާނަމެވެ. ސަރުކާރަށް 30 ނުވަތަ 40 އަހަރު ހިދުމަތްކޮށް ވަޒީފާއިން ވަކިވެފައިވާ ބައެއް ބޭފުޅުންނަވެސް ޕެންޝަނުގެ ގޮތުގައި ލިބެނީ 640 ވަރަކަށް ރުފިއާ އެވެ. އަދި މިއަށްވުރެ މަދުން މުސާރަ ލިބޭ މީހުންވެސް އެބަ ތިއްބެވެ. ރަނގަޅަށް ވިސްނަވާބައްލަވާ ށެވެ. މި ދަންނަވަނީ އަމިއްލަ ގޭގައި ހިދުމަތްކުރި 30 ނުވަތަ 40 އަހަރުގެ ވާހަކައެއް ނޫނެވެ. ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ބޭފުޅުންގެ ވާހަކަ އެވެ.

ދެންބައްލަވާ! މަޖިލިސް މެމްބަރުންގެ މުސާރަ، އެލަވަސްން، ޕެންޝާން، މި އުސޫލުން ބަލާއިރު، އެއްދައުރުގައި ފުރިހަމަ ކޮށްފައިވާ، މެމްބަރަކު މެމްބަރުކަމުން ވަކިވުމަށްފަހު، އިނާޔާތުގެ ގޮތުގައި މުސާރައިގެ 30 ޕަސަންޓު ލިބެ އެވެ. މިހާރުގެ މުސާރައަށް ބަލާއިރު އެއީ މުސާރައިގެ 12750 ރުފިޔާ އެވެ. ދެ ދައުރު ހަމަ ކޮށްފިނަމަ މުސާރައިގެ 45 ޕަސަންޓު ލިބެ އެވެ. މިހާރުގެ މުސާރައިން ނަމަ 19125 ރުފިޔާ އެވެ. މީގެ އިތުރުން ބޭސިކް މުސާރައަށް، 42500 ރުފިޔާ ލިބެ އެވެ. ކޮމެޓީ އެލަވަންސް ގެ ގޮތުގައި 20000 ރުފިޔާ ލިބެ އެވެ. މަޖިލީސް މެމްބަރުންގެ އަމިއްލަ އެދުން ބޮޑުވިއަސް މިއީ ބޮޑުވަރެއް ނޫންތޯ؟ މި ދެންނެވި ކަންތައްތަކާ މެދު ވިސްނަނީ ތީގެ ތެރެއިން ކިތައް ބޭފުޅުންބާއޭ އަޅުގަނޑު ހިތައް އަރަ އެވެ. ހަމަ ޔަގީނުންވެސް މަޖިލީސް މެމްބަރުން މިކަމަށް ވިސްނާނެ ދުވަހެއް ނާންނާނެ އެވެ. ސަބަބަކީ އެއީ އަމިއްލަ އެދުމުން ފުރިގެންވާ ބަޔަކަށް ވާތީ އެވެ. މިފަދަ ބަޔަކަށް ރަނގަޅަށް ކުރެވޭނެ ކަމެއް އޮންނާނޭ ތޯ އެވެ. ޔަގީނުންވެސް ނޯންނާނެ އެވެ. ދެންވެސް ކުށް ގަބޫލުކޮށްގެން ސަލާމަތުން ގެއަށް ވަޑައިގަންނަވަންވީ ނޫންތޯ އެވެ؟

ވިސްނަވާ ބައްލަވާށެވެ. ރައްޔިތުން މަޖިލީސް މެމްބަރުންނަނީ އަމިއްލައަށް މުސާރަ ހަމަޖައްސައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ އިންސާފެއް ނެތް ބައެއްކަމަށް ގަބޫލުނުކުރައްވަންތޯ އެވެ؟ އަޅުގަނޑުމެން ވިސްނާލުމެއް ނެތި މި ކުރެވޭ ކަންކަމުން މިލިބެނީ ކޮންފަދަ ގެއްލުމާއި ހަލާކެއް ބާއެވެ؟

ރައްޔިތުންގެ މިޖިލީހުގެ ނަމުގައި ތިބެ، ރައްޔިތުންނަށް ގެއްލުންދީ އަމިއްލަ ފައިދާ ނާޖާއިޒު ގޮތުގައި ނަގާ ބަޔަކާމެދެ، އަޅުގަނޑުމެން ފުންކޮށް ވިސްނަން އެބަ ޖެހެ އެވެ. މިގޮތުން ކޮންމެ އިންތިހާބަކާ ދިމާކޮށް ތަޅާ ހުސް ފޮނި އަނގަތަކުން ސަލާމަތްވަމާތޯ އެވެ.

ކިޔުންތެރިންގެ ހިޔާލު

  1. އާމިން

    ދިވެހިންނަށް އަދި ނުވިސްނެނީ އެމީހުންގެ ހައްގަކީ ކޮބައިކަން. ހީކުރަނީ ލޮނުފެނާ ފެންބަތްކޮޅު އެއްއިރށް ލިބުނިއްޔާ އެޔީ ލައްކަވަރެކޭ….އެހެންކިޔާ ވޯޓުވިއްކާލަނީ 500 ރުފިޔާޔަށް، ނޫނީ ކެމްޕޭންކޮއްދެނީ މީހުންގެ ބޯކާލަން 5000ރ. އަށް….ވާސަރީ

  2. މޮހޮނު / ހުވަދޫ

    އަހަރެމެން ވިސްނިއަކަސް މެމްބަރުންނަކަށް ނޭގޭނެދޯ! ވާގޮތަކީ އަމިއްލަ އެދުންބޮޑުވެ ތިމާމެންނަށް ގޮނޑި ދެން ނުލިބޭނެކަން ޔަޤީންވާތީ ރައްޔިތުންގެ ފައިސާ ދަމައިގަނެވޭނެގޮތެއް ހޯދަނީ!

  3. ހޫދު

    މެންބަރުން އުޅެނީ ކުޑަކުދިން އުޅޭހެން!!