ރިއާސީ އިންތިޚާބަކީ މިނިވަން އިންޞާފުވެރި އިންތިޚާބަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރާނެ

މިއަހަރު އޮންނަ ރިއާސީ އިންތިޚާބަކީ މިނިވަން އިންޞާފުވެރި އިންތިޚާބަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން  އަރުވާކަމަށް ރައީސް މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެ އެވެ.

މީލާދީ އައު އަހަރު ފެށުމާއި ގުޅިގެން ރާއްޖޭ ރައްޔިތުންނަށް ރައީސް ވަހީދު ތަހުނިއާ ފޮނުވަމުން ވިދާޅުވެފައިވަނީ މި ފެށުނު 2013 ވަނަ އަހަރަކީ، ރާއްޖޭގައި ރިޔާސީ އިންތިޚާބު ބޭއްވޭ އަހަރު ކަމަށާއި، އެ އިންތިޚާބުގެ ތައްޔާރީތައް މިވަނީ ފެށިފައި ކަމަށެވެ. އަދި އެ އިންތިޚާބަކީ މިނިވަން އިންޞާފުވެރި އިންތިޚާބަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، މި ފުރުޞަތުގައިވެސް ދިވެހި ރައްޔިތުންނަށް އެމަނިކުފާނު އަރުވާކަމަށްވެސް ވިދާޅުވެފައިވެ އެވެ.

[ނިމިގެން މިދިޔަ އަހަރަކީ، ރާއްޖެއަށް އަދި ޚާއްޞަކޮށް، ރާއްޖޭގެ ސިޔާސީ މައިދާނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔަ އަހަރެއް ކަމަށާއި، ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބޮޑު ބަދަލުގައި ކެތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި، ދިވެހި ޤައުމާއި ރައްޔިތުންގެ ރައްކާތެރިކަމަށާއި ސަލާމަތަށް އަދި ޤައުމުގެ ހަމަޖެހުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު އަހަރެކެވެ. މާތްﷲގެ އިރާދަފުޅާއި އެކަލާނގެ ވާގިފުޅާއެކު، ޤައުމުގެ ކަންކަން މިދަނީ ހަމަމަގަށް އެޅެމުންން ކަމަށްވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

މި މުހިންމު އިންތިޚާބަށް ތައްޔާރުވަމުންދާއިރު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙު އިތުރަށް ވަރުގަދަކޮށް، އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުންތައް އުފެއްދުމަށް މަސައްކަތް ކުރުމުގެ ޖާގަ، އެއްވެސް ފަރާތަކަށް ނުދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

ފަހުގެ