ރޮނާލްޑީނިއޯ ފިލްމަކަށް ސޮއިކޮށްފި

ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ ފިލްމަކަށް ސޮއިކޮށްފިއެވެ.

ރޮނާލްޑީނިއޯ އަޑު އެޅުމަށް ހަމަޖެހިފައިވާ “އާރ.10” ގައި ފެނިގެން ދާނީ ފުޓްބޯޅައިގެ ހުނަރު ބޭނުންކޮށްގެން ރޮނާލްޑީނިއޯ އޭލިއަނުންގެ ކިބައިން ދުނިޔެ ސަލާމަތް ކުރާ މަންޒަރު ކަމަށް ފިލްމު ޕްރޮޑިއުސް ކުރާ ބޮލީވުޑްގެ ތަރި ސޮހައިލް ހާން ވަނީ ހާމަކޮށްފައެވެ.

“އާރް-10” އިފްތިތާހް ކުރުމަށް އިންޑިޔާގައި ބޭއްވި ހަފްލާގައި ރޮނާލްޑީނިއޯ ވަނީ އެފިލްމުގެ ޕޯސްޓަރު އާންމުކޮށް ދައްކާލާފައެވެ.

2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ފުޓްބޯޅް މުބާރާތާ ދިމާކޮށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މިފިލްމަށް ސޮއިކުރަމުން ރޮނާލްޑީނިއޯ ބުނީ މިއީ އޭނާއަށް ލިބުނު ވަރަށް ރަގަޅު ފުރުސަތެއް ކަމަށެވެ.
އެނިމޭޓެޑް ފިލްމު “އާރ-10” އުފެއްދުމަށް ހަމަޖެހިފައިވަނީ ބަލާ އެންޓަޓެއިންޓްމަންޓުގެ ފަރާތުންނެވެ.

ފަހުގެ