ރޭޕްގެ ޝިކާރައަކަށްވި ކުއްޖާ މަރުވެއްޖެ

މިމަހު 16 ވަނަ ދުވަހު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ މަގުމަތީގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި ރޭޕްކޮށްލި 23 އަހަރުގެ އަންހެން ކުއްޖާ މަރުވެއްޖެއެވެ.

އިއްޔެ ހެނދުނު ވަގުތެއްގައި ސިންގަޕޫރުގެ މައުންޓު އެލިޒަބަތު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އެކުއްޖާ މަރުވެފައިވަނީ އެތެރެ ހަށީގެ ގުނަ ވަންތައް ފެއިލްވުމާއި ގުޅިގެންނެވެ.

އެކުއްޖާ މަރުވުމާއި ގުޅިގެން މައުންޓު އެލިޒަބަތު ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އޭނާ މިކޮޅަށް ގެނެވުނު އިރުވެސް ވަރަށް ސީރިއަސް ހާލެއްގައި އޮތީ. އަހަރެމެންގެ މަސައްކަތުންވެސް ފުރާނަ ސަލާމަތެއް ނުކުރެވުނު" ކަމަށެވެ.

ޕިޒިއޯތެރަޕީ ކިޔަވަމުން ދިޔަ ކުއްޖާ މަރުވުމާއި ގުޅިގެން އިންޑިޔާގެ އެކި ކަންކޮޅު ތަކުގައި ކުރަމުންދާ މުޒާހަރާތައް ވަނީ ކުރިޔަށްވުރެ ބޮޑަށް ހޫނުވެފައެވެ. މިކަމާ ގުޅިގެން ދިއްލީ ފުލުހުން ހާމަކޮށްފައިވަނީ މައިތިރިވުމަށާއި ކުށްވެރިވާ ފަރާތްތަކަށް ހައްގު އަދަބު ދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ހޭންޑް އިން ހޭންޑް

    ރާއްޖޭގައިވެސް އެތަކެއް ރޭޕްތަކެއް ހިނގާފައިވޭ. އެކަމަކު މި ކަން އެންމެނަށް އެނގޭ އިރުވެސް މި ގޮތަށް ނިކުމެ މައްސަލަ ހޫނުކޮށްފައެއް ނުވޭ. އެއީ ކީއްވެބާ؟ ވެދާނެ ހޫނުކޮށް އަޑުގަދަކޮށް ހެއްޖަސް ކަމެއް ނުވާނެކަން އެނގޭތީކަމަށް ނުވަތަ އެއީ ތިމާގެ އަމިއްލަ ދަރިއަކަށް ޢާއިލާއަކަށް ކުރިމަތި ވެދާނެ ކަމެއް ކަމަށް ޤަބޫލުނުކުރެވޭތީ ކަމަށްދޯ؟؟