މެލޭޝިއާއިން ރާއްޖެއަށް ވަރުގަދަ އިންޒާރެއް ދީފައިވަނިކޮށް ރައީސް ވަހީދު މެލޭޝިއާއަށް!!

ޖީއެމްއާރު މައްސަލައިގައި މެލޭޝިއާއިން ރާއްޖެއަށް ބަހުގެ ހޫނުހަމަލާތަކެއް ދީފައިވަނިކޮށް ރައީސް މުހައްމަދު ވަހީދު ހަސަންމަނިކު ނުރަސްމީ ދަތުރުފުޅެއްގައި، މެލޭޝިއާއަށް ފުރައިވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މެލޭޝިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި، މިރޭ ފުރާވަޑައިގެންފި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިންވެސް މެލޭޝިއާއަށް ވަޑައިގެންފައިވާކަމަށެވެ.

ޖީއެމްއާރު އިންފްރާސްޓްރަކްޗާ ލިމިޓެޑާއި މެލޭޝިއަން އެއާޕޯޓްސް ބަރުހާދު ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމް އަށް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމަށް ވެފައި އޮތް އެއްބަސްވުން، އުވާލަން ރާއްޖޭން ނިންމި ނިންމުމާ މެދު އަލުން ވިސްނާނެ ކަމަށް އުއްމީދުކުރި ކަމަށް މެލޭޝިއާ އިން ވަނީ ބުނެފައެވެ.
މެލޭޝިއާގެ މިނިސްޓަރު އޮފް އިންޓަނޭޝަނަލް ޓްރޭޑް އެންޑް އިންޑަސްޓްރީ މުސްތަފާ މުހައްމަދު ވއިންޑިއާގެ އިކޮނޮމިކް ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ “ރާއްޖޭގައި ހިނގި ކަންތަކަކީ [އެއާޕޯޓް ކުއްޔަށް ދިނުމަށް ވީ އެއްބަސް އުވާލުމަކީ] ވަރަށް ދެރަކޮށްވީ ކަމެއް ކަމަށާއި އެކަމާ ރާއްޖޭން އަލުން ވިސްނާނެ ކަމަށް އުއްމީދުކުރިން” ކަމަށެވެ.

“މޭލޭގައި، (ރާއްޖޭގައި) ކުރިން އޮތް ސަރުކާރާއި އަހަރެމެންނާ ގިނަ އަހަރުތަކެއް ވަންދެން އޮތީ ވަރަށް ގާތް ގުޅުމެއް. ދިވެހި ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމެއް، އާ ސަރުކާރާ އެކު އަހަރެމެންނަށް ލިބުނު ފިލާވަޅަކީ، ރާއްޖެއާ މެދު އަހަރެމެންމާ ފަރުވާތެރިވާން ޖެހޭ ކަމުގެ ފިލާވަޅު،” މުސްތަފާ ވިދާޅުވެފައިވެ އެވެ.

ފަހުގެ