ބޯހިޔާވަހިކަށް ފޯރުކޮށް ނުދެވި ހުރީ ކޮރަޕްޝަނުގެ ސަބަބުން – މިނިސްޓަރ

ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ތެރިއިން ގއ. އަތޮޅުގައި ތިބި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދެވި ހުރީ ކޮރަޕްޝަނުގެ ސަބަބުން ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ހިތާމަ ކުރާކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ސުނާމީގެ ހިތްދަތި ހާދިސާއަށް 8 އަހަރު ފުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި މިހާރު ކުރިޔަށްދާ ހަފްލާގައި ވާހަކަ ދަކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިޒް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަރުވާކުޑަކޮށްފައިވާ ކަމަށާއި ކޮރަޕްޝަނުގެ ސަބަބުން ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމަށް 8 އަހަރު ދުވަސް ހޭދަވެގެން ދިއުމަކީ ހިތާމަ ކުރާކަމެއް ކަމަށެވެ.

އަދި އަންނަ އަހަރު ފަހުކޮޅު ސުނާމީގައި ހާލުގައި ޖެހުނު އެންމެންނަށް ދާއިމީ ބޯހިޔާވަހިކަމެއް ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރު ކޮޅުފުއްޓާ، މަޑިފުއްޓާ، ދުވާފަރާއި ވިލިފުށީގެ އިތުރުން ގއ. އަތޮޅުގެ 4 ރަށަކަށް ރަގަޅު ފެންވަރުގެ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވޭ.

ފަހުގެ