ހަތަރު ބިލިއަން ޑޮލަރުގެ ދިފާއީ އެއްބަސްވުމެއްގައި އިންޑިޔާއާއި ރަޝިޔާ ސޮއިކޮށްފި

ހަތަރު ބިލިޔަން ޑޮލަރުގެ ދިފާއީ އެއްބަސްވުމެއްގައި އިންޑިޔާއާއި ރަޝިޔާ ސޮއިކޮށްފިއެވެ.

ރަޝިޔާގެ ރައީސް ވަލްޑިމިއަރ ޕުޓިން އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ އިންޑިޔާގެ ބޮޑު މަންމޯހަން ސިންހްއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ރަޝިޔާއިން ވަނީ 71 އެމްއައި 17ވީގެ 5 ހެލިކަޕްޓަރާއި އެސްޔޫ30 އެމްކޭއީ އަސްކަރީ މަތިންދާބޯޓަށް ބޭނުންވާ 42 ޓެކްނޮލޮޖިކަލް ކިޓް އިންޑިޔާއަށް ވިއްކުމަށް ނިންމާފައެވެ.

މި ބައްދަލުވުމުގައި މަންމޯހަން ސިންހް ވިދާޅުވީ “މުސްތަގުބަލުގައިވެސް ހަތިޔާރު ގަތުމާއި އިންޑިޔާގެ ދިފާއީބާރު ވަރުގަދަ ކުރުމަށް ވެވޭ ތަފާތު ކަންތައްތަކުގައި ރަޝިޔާއާއެކު ވަރުގަދަ ގުޅުމެއް ބާވަން” ބޭނުންވާކަމަށެވެ.

ފިނި ހަނގުރާމައަށްފަހު އިންޑިޔާއާ ރަޝިޔާއާ ދެމެދުގައި ވަރަށް ގާތް ގުޅުމެއް އޮވެއެވެ.

ފަހުގެ