ފެބުރުއަރީ 7 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ރާވާފައިވޭ!!

7 ފެބްރުއަރީގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ރާވާފައިވާކަމަށް ފާތިމަތު ދިޔާނާ ސައީދު ހާމަ ކުރައްވައިފި އެވެ.

7 ފެބުރުއަރީގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ގުޅޭގޮތުން މީގެ ކުރިން ނޭނގިހުރި ހަގީގަތްތައް ހާމަކޮށް ދިޔާނާ ނެރުއްވާފައިވާ "ސައިލެންޓް އިންކުއަރީ"  ރިޕޯޓުގައި ވިދާޅުވެފައިވަނީ، ފެބްރުއަރީ 6 ވަނަ ދުވަހު އެނާއާއި ސިޔާސީ ގޮތުން ގާތް ގުޅުމެއް އޮންނަ ބޭފުޅަކު ދިޔާނާއާ ބައްދަލުކުރެއްވި ކަމަށެވެ. ދިޔާނާ ގާތު،  ރައީސް ނަޝީދުގެ ދުވަސް ދުއްވާލުމަށް ނިންމާފައިވާކަމަށް އޭނާ ބުނިކަމަށް ދިއާނާގެ ރިޕޯޓުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު ވެރިކަމުން ދުރުކުރާ ވާހަކަބުނުމުން އިދިކޮޅު ޕާޓީގައި އެހާ މީހުން ނެތްއިރު އެކަންވާނީ ކިހިނެތްތޯ އެހުމުން، އެކަން ކުރާނެ ތާފާތު ގޮތްތައް އެބަހުރި ކަމަށާއި، އެތަނުން އެއްގޮތަކީ އެއާކޮންޑިޝަން ހެދުމަށް ފޮނުވާ މީހާކު ލައްވައި ވިހަ ގޭހެއް ފޮނުވައިގެން ރައީސް ނަޝީދު މަރާލުންކަމަށް އޭނާ ބުނި ކަމަށް ދިޔާނާގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އަދި ރައީސް ނަޝީދު ގަޔަށް ބަޑި ޖެހުމަށް ތައްޔާރަށްތިބި ބައެއް މީހުންވެސް އެބަތިބި ކަމަށާއި، އޭގެތެރޭގައި ނޮވެންބަރު ތިނެއްގައި އެމީހުންގެ ދަރިން މަރުވެފައިވާ މީހުންވެސް ހިމެނޭކަމަށް ދިޔާނާއާ ބައްދަލުކުރި އެނާގެ ސިޔާސީ އެކުވެރިޔާ ބުނިކަމަށް ދިޔާނާގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އެގޮތަށް ރައީސް ނަޝީދު އަވަހާރަ ކޮށްލައިފިނަމަ އެކަން ބައިނަލްއަގުވާމީ ފަރާތްތަކުން ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބަލާނެކަމަށާއި، ރައީސް ނަޝީދު ވެރިކަމުން ބާލަން ޖެހޭނީ އެއްވެސް ކަމެއް ޝައްކު ނުވާގޮތެއްގެ މަތީންކަމަށް އޭނާ ދިޔާނާ ގާތުގައި ބުނިކަންވެސް  ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ރައީސް ނަޝީދު ވެރިކަމުން ބޭލުމުން އުފެދޭ ހުސްކަމުގައި، ރައީސް ނަޝީދުގެ ނައިބު މުހައްމަދު ވަހީދު ހަސަން އެމްޑީޕީގެ ކޮންޓްރޯލް ހޯދައި ގައުމުގެ ވެރިކަމާއި ހަވާލުވާނެތޯ ދިޔާނާ ގާތު އޭނާ ސުވާލުކުމުން، އެއީ ވާނޭ ކަމެއްހެން ހީނުވެއޭ ބުނިކަމަށްވެސް ދިޔާނާގެ  "ސައިލެންޓް އިންކުއަރީ" ރިޕޯޓުގައި ވިދާޅުވެފައިވެ އެވެ. މިހެންކަމުން އެންމެފުރަތަމަ ކަމަކަށް ވަހީދާއި އެމްޑީޕީ މީހުން ޖެއްސުމުގެ މަސައްކަތް ކުރި ކަމަށް އޭނާ ބުނި ކަމަށާއި، އޭގެ ދެތިންރެއެއް ކުރިން އުމަރު ނަސީރު، ނައިބުރައީސް ވަހީދާއި ބައްދަލު ކުރައްވައި، އެމަނިކުފާނު ދިރިއުޅުއްވާ ގެއިން ބޭރުގައި ހުންނަވައިގެން ނައިބްރައީސް ވަހީދު ގައުމާއި ހަވާލުވުމަށް ތައްޔާރަށް ހުންނެވިކަން އުމަރު އިއުލާނު ކޮށްފައިވާނޭ ކަމަށްވެސް ދިޔާނާއާއި ފެބްރުއަރީ 6 ވަނަ ދުވަހު ބައްދަލުވި މީހާ ބުނިކަމަށް  ރިޕޯޓުގައި ބުނެފައިވެ އެވެ.

މިހުރިހާކަމަކީވެސް ހަގީތްކަން އެނގުނީ ފެބުރުއަރީ 7 ވަނަ ދުވަހު ކަންތައްތައް ވީގޮތުންކަމަށްވެސް ދިޔާނާ ވިދާޅުވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ޝުހާދު

    ދިޔާނާ ނޭޕާލުގައި ހުރެފައި ޖަބިރަށް ފޮނި އެސްއެމްއެސްގައި ބުނެފައިވަނީ ރައީސް ނަޝީދު ޤާނޫނާ ޚިލާފު ވެއްޖޭ އޭނާއާ ދެކޮޅަށް ނުކުންނާށޭ. ދެން ޖަބިރު ވަގުތުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށްފަހު ވިޓީވީއަށް އަރައި ބުނީ އަންނި ގެއިން ނެރެންވިއޭ އޭނާ އެއީ ވެރިކަމުގައި ބަހައްޓަންޖެހޭ މީހެއް ނޫނޭ. އޭތު އަދި ސަރުކާރު ވައްޓާލި ސިލްސިލާ މުޒާހަރާތައް ނުފެށޭ. އޭގެފަހުން ދިޔާނާ މާލެ ވަޑައިގެން އެމުޒާހަރާތައް ފެށުމުން އޭގައި ވައިވެރިވެ ވާހަކަދެއްކި. ޖުމްހޫރީ މައިދާނުގައި ރެޑްބުލް ކޭހެއް ހިފައިގެންގޮސް އިނދެ މުޒާހަރާކުރި. އެހެންވިމާ ދިޔާނާ އެބުނާ ސިޔާސީ މީހާއަކީ ޖާބިރު ކަމަށް ވެދާނެ.

  2. ލަލީލާ

    ދިޔާނާގެ ރިޕޯޓްގައިބުނާ × ނުވަތަ ނަން ހާމަކުރަން ނޭދޭ ސިޔާސީ ބޭފުޅަކީ ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ނާޒިމް ނުވަތަ ޖަނގިޔާ ނާޒިމް. އެހެންކަމުން މިކަމުގައި ތަހުގީގެއްކޮށް ނާޒިމްއާއި އޭނާގެ ގާތް ޔާމީންއާއި މައުމޫނަށް ހައްޤު އަދަބު ދިނުމަށް ގޮވާލަން

  3. އިނާދު، ހުސައިން

    މި ހުރިހާ ކަމެއް އެގި ހުރެ ދިޔާނާ މިނިސްޓަރުކަން ގަބޫލުކުރުމުން ދިޔާނާގެ ތެދުވެރިކަމާ ދޭތެރޭ ސުވާލު އުފެދޭ..
    ކޯނީ ރިޕޯޓްވެސް ނެރެ ވާނެއެއްޗެއް ވެ ނިމި މުން ސައިލެންޓް އިންކުއަރީތައް ނެރުމުގެ މާބޮޑު ބޭނުމެއް އޮތް ކަމަކަށް ނުފެނޭ!
    ރައްޔިތުން ކިބައިން މާފަށް އެދޭނެކަން މާތާހިރުވާނެ

    • އަންނި

      ކޮން ތެދުވެރިއެއް ވާނީ ސިޔާސީ ބޮޑު **** ވިއްޔާ، މައުމޫން ސަރުކާރުގައި، އަންނި ސަރުކާރުގައި، ބީއެމްޑަބްލިއު ސަރުކާރުގައި، މިހާރު އެ ހުރިހާ އެންމެނާ ދިމާލަށް ހަޅޭލަވަމުން އެދުވަނީ.

  4. ކާސިމްބެ

    ރައޫފު މިހުރީ ބާގީން ރާވާ ނުބައި ރޭވުން..

  5. ރައޫފް

    ތިހުރިހާކަމެއްއެގިހުރެ ދިޔާނާ މިނިސްޓަރުކަން ގަބޫލުކުރީ ކީއްވެ. މިއަދާއިހަމަޔަށް ދިވެހިރައްޔިތުންނަށް ތިކަންފާޅުނުކުރީކީއްވެ. ނިކަންރައްޔިތުންކުރިމައްޗަށްނިކުމެ ހެއްކާއިއެކު ތިވާހަކަ ދައްކާލަދީބަލަ. ކޯނީ ރިޕޯޓް ނެރުނުއިރު ތިކަން ހިއްސާ ނުކުރީ ކީއްވެ.