ރޮބީނިއޯއާއި ޕަޓޯ އޭސީ މިލާން ދޫކޮށްލަނީ

އިޓަލިއަން ސެރިޔާގެ އޭސީ މިލާނަށް ކުޅެމުންދާ ބްރެޒިލްގެ ދެ ތަރިން ކަމަށްވާ ރޮބީނިއޯއާއި އެލެގްޒަންޑަރ ޕަޓޯ އެކުލަބު ދޫކޮށްދިއުމުގެ ހުއްދައަށް އެދިއްޖެކަމަށް އޭސީ މިލާނުގެ ނައިބު ރައީސް އެޑްރިއާނޯ ގަލިއާނީ ބުނެފިއެވެ.

މި ދެކުޅުންތެރިންވެސް ކުލަބު ދޫކޮށް ބްރެޒިލް ލީގަށް ބަދަލުވާން އުޅޭކަމަށާއި ނަން ހާމަކުރަން ނޭދޭ ކުލަބަކުން ޕަޓޯއަށް ބިޑްކޮށްފައިވާކަމަށް ގަލިއާނީ ބުނެއެވެ.

މި ދެކުޅުންތެރިންނާއި ބެހޭ ގޮތުން ބްރެޒިލްގެ ކުލަބުތަކާއި ވާހަކަ ދެއްކުމަށް އެޤައުމަށްދާން ދަތުރު ހަމަޖައްސާފައިވާކަމަށާއި ޕަޓޯއާއި ރޮބީނިއޯ ކުލަބުދޫކޮށް ދިއުމުން ވާނެ ގޮތް އިނގޭކަމަށް ގަލިއާނީ ބުނެފައިވެއެވެ.

ކޮރިންތިއަންސް އިން 23 އަހަރުގެ ރޮބީނިއޯއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ބޮޑަށް ލަފާކުރެވެނީ ރޮބީނިއޯ ދެން ފެންނާނީ ސަންތޯސް އިންނެވެ.

ފަހުގެ