އާއިލާ ގޮވައިގެން ޗުއްޓީއަށް ބެކަމް ރާއްޖެ އަތުވެއްޖެ

އިގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އާއިލާ ގޮވައިގެން ކްރިސްމަސް ޗުއްޓީއަށް ދިވެހި ރާއްޖެ އައިސްގެން އުޅޭކަމަށް ހަބަރު ލިބިއްޖެއެވެ.

އަނބިމީހާ ވިކްޓޯރިއާ ބެކަމްއާ ހަތަރު ދަރިނާއެކު ރާއްޖޭގެ ރިސޯޓެއްކަމަށްވާ ވަން އެންޑް އޮންލީ ރީތިރަށް ބީޗް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދާކަމަށާއި މި ދަތުރަށް 250000 ޑޮލަރު ބެކަމް ހަރަދުކުރާނެ ކަމަށް އިނގިރޭސި ވިލާތުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ.

“އެއީ ރާއްޖޭގައި އޮންނަ އެންމެ ފެންވަރު ރަގަޅު ރިސޯޓު. އެމީހުން ތިބުމަށް ހަމަޖެހިފައިވަނީ އެންމެ އަގު ބޮޑު ކޮޓަރި ތަކުގައި” އިނގިރޭސި ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވެއެވެ.

މި ދަތުރުގައި ބެކަމް އާއި އޭނަގެ އާއިލާއިން ރާއްޖޭގައި 11 ރޭ ކުރުމަށް ހަމަޖެހިފައިވެއެވެ.

ފަހުގެ