ޗެލްސީ 8 – 0 އެސްޓަންވިލާ

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އެސްޓަން ވިލާއާއި ޗެލްސީ ބައްދަލުކުރި މެޗު 8-0 އިން ޗެލްސީ ކާމިޔާބުކޮށްފިއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި އެޓީމުން ވަނީ ތިން ލަނޑު ޖަހާފައެވެ. މެޗު ފުރަތަމަ ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދީފައިވަނީ 3 ވަނަ މިނެޓުގައި ފެނާންޑޯ ޓޮރޭޒްއެވެ. ދެވަނަ ލަނޑު ޑޭވިޑް ލުއިޒް ޖަހައިދިން އިރު ތިވަނަ ލަނޑު ޖަހައިދިނީ ބްރަނިސްލާވް އިވަނޮވިކްއެވެ. ޗެލްސީގެ ހަތަރުވަނަ ލަނޑު ފްރޭންކް ލަމްޕާޑު ޖެހިއިރު ފަސްވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރެމިރޭޒްއެވެ. ހަވަނަ ލަނޑު ޕެނަލްޓީއަކުން އޮސްކާ ކާމިޔާބުކޮށްދިން އިރު ހަތްވަނަ ލަނޑު ޖަހައިދިނީ އީޑެން ހެޒާޑްއެވެ. މިރޭގެ މެޗުގައި ޗެލްސީން ޖެހި ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިން ރެމިރޭޒްއެވެ.

މިރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާ ދެމެދުގައި 11 ޕޮއިންޓުގެ ފަރަގެއް އޮތް ނަމަވެސް ޓީމުގެ ފަރާތުން މިރޭ ފެނިގެން ދިޔަ ފަދަ ކުޅުމެއް ކުރިޔަށް އޮތްތާގައި ދެއްކިއްޖެ ނަމަ ލީގު ކާމިޔާބު ކުރެވިދާނެ ކަމަށެވެ.

މިރޭގެ މެޗު ކާމިޔާބު ކުރުމުން ޗލްސީ ވަނީ ޓޭބަލްގެ 7 ވަނައިން 3 ވަނައަށް ކުރިޔަށް ޖެހިލާފައެވެ.

މިރޭ ޓޭބަލްގެ އެއްވަނާގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާއި ޓޭބަލްގެ 11 ވަނާގައި އޮތް ސްވޯންސީ ސިޓީ ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ޔުނައިޓެޑްގެ ލަނޑު އެވްރާ ޖަހައިދިން އިރު ސްވޯންސީގެ ލަނޑު ޖަހައި ދިނީ މިޗޫއެވެ.

ފަހުގެ