ފުލުހުންގެ ވިސްނުން މިހާރަށްވުރެ ފުޅާކުރުން ވަރަށް މުހިންމު

 ފުލުހުންގެ ވިސްނުން މިހާރަށްވުރެ ފުޅާކޮށް، މުޖުތަމަޢުގެ ކުށްތަކަށް އައިސްފައިވާ ބަދަލުތަކަށް އަހުލުވެރިވުން ވަރަށް މުހިއްމު ކަމަށް ހޯމް މިނިސްޓަރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންގެ މެދުގައި ބާއްވަމުން ގެންދާ “ތާޒްޑޭ ފޯރަމް” ގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވެފައިވަނީ ފުލުހުންގެ ވިސްނުން މިހާރަށްވުރެ ފުޅާކޮށް، މުޖުތަމަޢުގެ ކުށްތަކަށް އައިސްފައިވާ ބަދަލުތަކަށް އަހުލުވެރިވުން ވަރަށް މުހިއްމަށް ކަމަށެވެ. މިއަދު ހަމައެކަނި މާރާމާރީ އާއި މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުން އަދި ޖިންސީ މައްސަލަތަކަށް އިސްކަން ދިނުމުގެ އިތުރުން މި މުޖުތަމަޢުގައި މިހާރު އަށަގަނެފައިވާ އެހެން ބޮޑެތިކުށްތައް ކަމަށްވާ ވިޔަފާރީގެ މުޢާމަލާތްތަކާއި ގުޅިގެން ކުރާ ކުށްތަކާއި، އިޤްތިޞާދީގޮތުން ކުރާ ކުށްތަކާއި ޓްރެފިކިންގ އަދި ހިއުމަން ސްމަގްލިންގ ކަހަލަ ކުށްތައް ފުޅާވެގެންގޮސްފައިވާ މިންވަރާއި ބެހޭގޮތުން ވިސްނުން ބަހައްޓައިގެން މަސައްކަތް ކުރުން މުހިއްމުކަންވެސް ހޯމް މިނިސްޓަރ ފާހަގަ ކުރައްވާފައިވެ އެވެ.

މިގޮތުން ހޯމް މިނިސްޓަރ އަލިއަޅުވާލާފައިވާ ކަންކަމުގެ ތެރޭގައި ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެންމެހައި ހައްޤުތަކާއި މިނިވަންކަމުގެ މިންގަނޑުތަކާއި، ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތަކާއި މިނިވަންކަން ހިފެހެއްޓޭނެ މިންގަނޑުތަކާއި ބެހޭގޮތުން އަލިއަޅުވާލާފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ބުނެ އެވެެ. މީގެ އިތުރުން ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެންމެހައި ހައްޤުތަކާއި ރައްކާތެރިކަން ރައްޔިތުން ބޭނުންވާ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަކީ ފުލުހުންގެ އެންމެ އިސް ދައުރުކަމަށް ޤާނޫނު އަސާސީގައި ކަޑައެޅިފައިވާކަމަށް ވިދާޅުވެފައިވެ އެވެ.

ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ ކަންކަމުގެ ތެރެއިން ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި މައްސަލަ ތަޙްޤީޤުކުރުމާއި ހެކި ރައްކާތެރިކުމުގެ އިތުރުން ޝަރީޢަތަށް ފޮނުވުމަށް ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ ކަންކަން އެންމެ ފުރިހަމަގޮތުގައި ކުރުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި މިކަންކަމާމެދު ވިސްނައި ރަނގަޅުކުރަން ހުރިކަންކަން ރަނގަޅުކުރުން ވަރަށް މުހިއްމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއާއެކު މިނިސްޓަރު ވިދާޅުވީ މިއަދުގެ މުޖުތަމަޢުގައި ފުލުހުންގެ ދައުރު އަދާކުރުމުގައި ފުލުހުންގެ ޤާނޫނުގައި ވާގޮތުގެމަތިން ކަންކަން ރާވާ އެއިރަކަށް އެންމެ އެކަށީގެންވާގޮތުގެ މަތިން ކަންކަންކުރަން ޖެހޭކަމަށެވެ.

ފަހުގެ