ރައީސް މުހައްމަދު ވަހީދު ހުރިތާކުން ގެނެސް ހައްޔަރުކުރަން ސިފައިންގެ މައްޗަށް މިއަދު ވާޖިބުވާނެ

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަންމަނިކު ހުރިތާކުން ގެނެސް ހައްޔަރުކުރަން ދިވެހިރާއްޖޭގެ ޑިފެންސް ފޯހުގެ މައްޗަށް މިއަދު ވާޖިބުވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު ވަހީދު މުޅި މަޖިލީހުގެ އިމްތިއާޒަށް އަރައިވަޑައިގެން ކަމަށް ވިދާޅުވެ ޖާބިރު ހުށަހަޅުއްވާފައިވާ އިމްތިއާޒުގެ މައްސަލައިގައި ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، ރައީސް މުހައްމަދު ވަހީދު ފަދަ ނުރައްކާތެރި ބޭފުޅަކު ބަޑިގުދަނުގެ ތަޅުދަނޑި މުށުތެރޭގައި ބާއްވައިގެން މަޖިލީހަށް ބިރުދައްްކަމުން ގެންދަވާތީ ހިތާމަ ކުރައްވާކަމަށެވެ. އަދި ވަހީދު ހަސަންމަނިކު ހުރިތާކުން ގެނެސް ހައްޔަރުކުރަން ދިވެހިރާއްޖޭގެ ޑިފެންސް ފޯހުގެ މައްޗަށް މިއަދު ވާޖިބުވާނެކަމަށެވެ.

"އަޅުގަނޑު ގޮވާލަން މި ހިނދުން މި ހިނދަށް އޭނާގެ ފަހަތުގައި ތިބި މަދު ސިފައިންގެ ބޭކަލުންނަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ހިމާޔަތްކޮށްދޭށޭ. އެ ބޭފުޅުންގެ ވާޖިބަކަށްވާނީ މާތްﷲ ގަންދީ އެ ބޭފުޅުން ކޮށްފައިވާ ހުވަޔާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމޭ. މިއޭ ދިވެހިރައްޔިތުންގެ ގެ އަކީ. މި ނޫން ގެ އެއް ދިވެހި ރައްޔިތުންގެ ނުހުންނާނެ މި ރާއްޖެއަކު އެއް. ދިވެހިރާއްޖޭގެ ޑިފެންސް ފޯހުގެ މައްޗަަށް މިއަދު ވާޖިބުވެގެންވެއޭ މުހައްމަދު ވަހީދު ހަސަން މަނިކު ހުރި ތާކުން ގެނެސް ހައްޔަރުކުރަން. އެއީ މިއަދު އެބޭފުޅުންގެ މައްޗަށް ވާޖިބު ކަމަކީ." ޖާބިރު ވިދާޅުވި އެވެ.

ދިވެހި ސިފައިންނަކީ ޖާބިރު ވަރަށް އިހުތިރާމް ކުރާ ބައެއް ކަމަށާއި، ދިވެހި ސިފައިންނަކީ އެންމެންވެސް ފަހުރުވެރިވާ ބައެއްކަމަށްވެސް ޖާބިރު ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީން ސިފައިންނާއި އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ހަވާލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީސް ބެލެހެއްޓުން ކަމަށްވެސް ޖާބިރު ވިދާޅުވި އެވެ.

"އެބޭފުޅުން (ނުޖެހޭނެ) ނުކުޅެދޭ މުހައްމަދު ވަހީދު ހަސަން މަނިކު ބުނާ ގޮތަކަށް މި ގެއާ ކުޅޭކަށެއް. އެއީ މި ގެ ނެތް ތަނެއްގައި ދިވެހިރާއްޖެއެއް ނޯންނާނެ. ރައްޔިތުން ނެތްތަނެއްގައި ދިވެހިރާއްޖެ ވާނީ ހަމަ ދޫނި ރާއްޖެއަށޭ.  މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ މުހައްމަދު ވަހީދު ހަސަން ކަހަލަ އަގަލު ކުޑަ މީހަކު ދިވެހިރާއްޖޭގެ ހަތިޔާރުގުދަނުގެ ތަޅުދަނޑި ބާއްވައިގެން ނުވާނޭ އޭނަ އަތުގަ."

ރައީސް މުހައްމަދު ވަހީދު މަޖިލީހުގެ އިމްތިއާޒާއި ބެހިވަޑައިގެންނެވި ކަމަށް ވިދާޅުވެ ޖާބިރު ހުށަހަޅުއްވާފައިވާ އިމްތިއާޒުގެ މައްސަލައަށް ބަހުސްކުރޭތޯ މަޖިލީހުގައި ނެތި ވޯޓުން އެ މައްސަލައަށް ބަހުސްކުރަން ބޭނުންވާކަމަށް މަޖިލީހުން ނިންމީ މިޖިލީހަށް ހާޒިރުވެ ތިއްބެވި 38 މެމްބަރުންގެ ތެރެއިން 22 މެމްބަރުން ވޯޓު ދެއްވައިގެނެވެ.

ޖީބިރު ހުށަހެޅުއްވި އިމްތިއާޒުގެ މައްސަލައުގައި ވިދާޅުވެފައިވަނީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސިލްސިލާ ގޮތެއްގައި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި، އަދި ޖުމްލަ ގޮތެއްގައި މުޅި މަޖިލީހުގެ އިމްތިއާޒަށް އަރައިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން އެންމެފަހުން އެމަނިކުފާނު އެންމެ ފަހުން ގއ. ދާންދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވަމުން އެ ދާއިރާ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރު އެ ދާއިރާގެ ރަށްރަށަށް އަރައިވަޑައި ނުގަނެވޭ ގޮތަށް އެ ދާއިރާގެ ރައްޔިތުންނަށް އަމަލުކުރުމަށް ސީދާ އަމުރުކުރައްވައި ގޮވާލައްވާފައި ވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

 1. ޕީޕީއެމް ހަބޭސް

  ހައްޔަރު ކޮށްފަ ނުކުރާނެ މީހަކު ދައްކަބަލަ ތިޔަ ޢިއްޒަތްތެރި މަޖްލީހުން!! ކުރީގެ ސަރުކާރުގަ ވެސް މިސަރުކާރުގެ ވެސް މަތިފަޑީގަ ތިބީ ޣައިރު މުސްލިމް މީހުނާ،ކުށް ތަކާއި ފަސާދައިން ފުރިފަ ތިބި މީހުން، ދީނީ ޢިލްމުވެރިންގެ ތެރޭގަ ވެސް ގިނައީ ފަސާދަ އުފައްދާ ދީން ހަތަޔާރަކަށް ހަދާ މީހުން، ޝައިޚް އިމްރާން އަކީ އޭގެ ނަމޫނާ އެއް! މިކަހަލަ މިކަހަލަ މީހުން މި ވެށިން އެއްފަރާތް ކޮށްގެން ނޫނީ މިރާއްޖެ އަމާން އައްސޭރި އަކަށް ވާސިލެއް ނުވެވޭނެ….

 2. އަހުމަދު

  ވަހީދުގެ ކަންތައް އެބަ ޖެހޭ ވަރަށް ސަޅިކޮށް ނިންމާލަން

 3. ފުވައްމުލައް

  ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިޚާބު ކުރައްވާފައި ތިއްބެވި އިއްޒަތްތެރި މެންބަރުން ހިމާޔަށް ކުރަން ރައްޔިތުން ނަށް ވާޖިބު…. ރައްޔިތުންގެ ހައްޤުގައި އެބޭފުޅުން އެތިއްބެވީ…

 4. ކޮމެންޓްކުރި އިއްބެ ދޭހަވުމުގެ މައްސަލަ އުޅޭ ތޯއްޗެއް! “ކުރިން ދިޔަ ފަހަރު ތަކުގަ މިހާ އުނދަގުލެއް ނޫން ވިސާ ޖަހާކަށް” މާނަޔަކީ ކުރިންވެސް ދިޔައީ އޮންނަ ގޮތަށޭ!

 5. ކިރުކަކުނި

  ސިޔާސީ ވީމަ އެދެން ހުރިހާ ކުށަކުން ބަރީޢަވީ،

 6. ޖާބިރަކީ، މިހާރުންމިހާރަށް ވެސް ހިފާ ހައްޔަރުކުރަންޖެހޭ ބޭފުޅެއް. އެބޭފުޅާ ހަމަ މިހާރު ހައްޔަރުކޮށް، ކުރައްވާފައިވާ ބޮޑު ކުށް ތަޙްގީގުކޮށް ޝަރިއްޔަތުން ކަނޑައަޅާ އަދަބެއްދެއްވުން އަވަސްކުރުމަކީ، ދިވެހިރައްޔިތުންނަށްޓަކައި ޤައުމީ ދިފާއީބާރަށް ކުރަންވެއްޖެކަމެއް. މަޖުލީހުގައި ރައްޔިތުންނަށްޓަކައި އެއްވެސް އުފެއްދުންތެރި މަސައްކަތެއް ނުކުރައްވާ އަމިއްލަ މަސްލަހަތު އިސްކޮށް ހަޅޭއްފަޅޭއްލާ، ބޭއަދަބީ ބަހުރުވައިން ވާހަކަދެއްކުންމަކީ ވެސް ރައްޔިތުންނަށް ނޮހޮރުއްޕާންވާކަމެއް. “ޖާބިރު ހައްޔަުކުރޭ”

 7. އިއްބެ

  ޖާބިރު ހައްޔަރުކޮށް އިންސާފުގެ ކުރިމއްޗަށްގެނައުން މާރނަގަޅުކަމުގައިދެކެން