ފުލުހުން ސައިކަލެއް ހުއްޓުވަން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވެ މީހަކު މަރުވި މައްސަލަ ޕީޖީ އަށް

ފުލުިހުން ސައިކަލެއް ހުއްޓުވަން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވެ މީހަކު މަރުވި މައްސަލަ ޕީޖީ އަށް ފޮނުވައިފި އެވެ

ސައިކަލެއް ވަގަށް ނަގައިގެން ބާރު ސްޕީޑުގައި ދުއްވާފައިގޮސް މީހެއްގެ އަތުން ފޯނެއް ފޭރިގެންދަނިކޮށް ފުލުހުން ހުއްޓަން ބުނުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ދުއްވާފައި ގޮސް މަގުމަތީގައި ހުއްޓައިންއިން ސައިކަލެއްގައިޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން މީހަކު މަރުވެފައިވާ މައްސަލައިގައި 2 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި ކަމަށް ފިލުހުން ބުނެފި އެވެ. .

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ގދ.ގެމަނަފުށި، ނޫރުއްޞަބާޙް އަޙްމަދު ނަދީ ސަލީމް (21އ) އާއި ޢުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށް ފުލުހުން ގެ ވެބްސައިޓުގައި ބުނެފައިވެ އެވެ. ނަމަވެސް މި މައްސަލައިގައި ހިމެނޭ ފުލުސްމީހާގެ މައްސަލަ ޕީޖީއަށް ފޮނުވާފައެއް ނުވެ އެވެ.

މިދެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2012 އޮގަސްޓް 17 ވަނަދުވަހުގެ ވަގުތެއްގައި ސަނދުބަރަކާގޯޅީގައި ހުންނަ ހ. ޓްވައިލެޓްރިވަރީގޭ ކުރިމަތީގައި ޕާރކުކޮށްފައި ހުރި ސައިކަލެއް ވަގަށް ނެގުމަށްފަހު މިސައިކަލުގައި މީނާއާއި އިތުރު މީހަކު ބާރު ސްޕީޑުގައި ދުއްވާފައި ގޮސް، ކުރީގެ ބޮންޑްސްޓްރީޓް ފިހާރަ ކައިރީގައި މަޑުކޮށްގެން ހުރި ބިދޭސީއެއްގެ އަތުން ނޮކިޔާ ބްރޭންޑްގެ މޮބައިލް ފޯނެށް ފޭރިގަތުމަށްފަހު، ފިލަން މަސައްކަތް ކުރަނިކޮށް މިމަންޒަރު ފެނުނު ފުލުހުން މަޑުކުރަން ބުނުމުން މަޑުނުކޮށް ސައިކަލުގައި ދުއްވާފައި ގޮސް އޯކިޑްމަގު ޖަސްޓިސް ބިލްޑިންގް ކުރިމަތިން އެމީހުން ހުއްޓުވަން ފުލުހުން މަސައްކަތްކުރުމުންވެސް މަޑުނުކޮށްގޮސް ޖަސްޓިސް ބިލްޑިންގ ކައިރީގައި މަޑުކޮށްގެން އިންސައިކަލެއްގައި ޖެހި އެކްސިޑެންޓްވެ އެސައިކަލުގައި އިން މީހާއަށް ލިބުނު އަނިޔާއަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވާ މައްސަލައާއި ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓާއި ގުޅޭ ސީސީޓީވީ ފުޓޭޖެއްވެސް ވަނީ ޔޫޓިއުބުގައި ލީކުވެފައިވެ އެވެ. އެ ވީޑިއޯއިން ފެންނަނީ ސައިކަލެއް ދުއްވާފައިދިއަ 2 މީހެއްގެގައި ފުލުހަކު މުގުރުން ޖަހަން އުޅުމުން އެމީހުން ކޮންޓްރޯލުން ނައްޓާލައިގެން ގޮސް ސައިކަލުގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވާތަނެވެ.

ފަހުގެ