ތަށި ލިބުމަކީ ވަރަށް ނާދިރުކަމެއް- މޮރީނިއޯ

ސްޕެނިޝް ލަލީގާގެ ތަށި ރިއާލް މެޑްރިޑަށް ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް އޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ސްޕަނިއޯލްއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރު ވުމާއި ގުޅިގެން މެޗަށްފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ލީގުގެ ތަށި ލިބުމަކީ ވަރަށް ނާދިރު ކަމެއްކަމަށާއި އެހެން ނަމަވެސް ކުރިޔަށް އޮތް ތަނުގައިވެސް ޓީމުގެ ފަރާތުން ރަގަޅު ކުޅުމެއް ފެންނާނެ ކަމަށެވެ.

“ތަށި ލިބުމަކީ ދުރުކަމަށް ވިޔަށް ކުރިޔަށް އޮތް ތަނުގައިވެސް ރަގަޅު ކުޅުމެއް ދައްކާނެ ޓީމުން. މިލީގުގައި ރަގޅު ކުޅުމެއް ދައްކައިގެން ޗެމްޕިއަންސް ލީގުގައި ރަގަޅު ކުޅުމެއް ދެއްކޭނީ” މޮރީނިއޯ ބުނެފައިވެއެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ އެސްޕަނިއޯލްއިންނެވެ. 31 ވަނަ މިނެޓުގައި މިލަނޑު ޖަހައިދިނީ ސާރޖިއޯ ގާސިއާ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ރިއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ފަބިއޯ ކޮއެންތްރާއޯ ވަނީ ލަނޑުޖަހައި ރިއާލް މެޑްރިޑަށް ލީޑު ނަގައި ދީފައެވެ. އެސްޕަނިއޯލްއަށް އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ މެޗުގެ 88 ވަނަ މިނެޓުގައި ހުއާން އަލްބިންއެވެ.

ފަހުގެ