ރައީސް ކަމާއި ހަވާލުވީ ގަދަބާރަކުންނޫން: ރައީސް ވަހީދު

ރައީސް މަކާއި ހަވާލުވީ ގަދަބާރުން ނޫންކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި، ދާންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިވޭތުވެދިޔަ ދިހަވަރަކަށް މަސްދުވަހުގެ ތެރޭގައި، ރައްޔިތުންނާއި ސަރުކާރަށް އުޅެން ޖެހިފައި މިވަނީ ވަރަށްވެސް އުނދަގޫ ކަންތައްތަކެއްގެ ތެރޭގައި ކަމަށެވެ. މިހެން މިކަން އޮވެގެން، ޤައުމާއިގެން ކުރިއަށްދިޔުން ވަރަށް އުނދަގޫވާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު މިމަޤާމާ ޙަވާލުވީކީ، ގަދަބާރުން އަޅުގަނޑު މިކަން ބޭނުންވެގެނެއް ނޫން. އެހެން ނަމަވެސް، ޤާނޫނުއަސާސީގައި އެކަން ކަނޑައެޅިފައި އޮތްގޮތުން، އެވަގުތު އަޅުގަނޑު ހުރި މަޤާމަކީ އެއީ ނައިބު ރައީސްކަމުގެ މަޤާމު ކަމަށްވާތީ، އަޅުގަނޑަށް މިމަޤާމާ ޙަވާލުވާން ލާޒިމުވީ."

ރައީސް ނަޝީދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ އެމަނިކުފާނު އަމިއްލަފުޅަށް ކަންތައްތައް ކުރެއްވި ގޮތުންކަމަށްވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

"ވިސްނާވަޑައިގަންނަވާ، ފުރަތަމަ އަޅުގަނޑުމެންނަށް މި ދިމާވި ކަމަކީ، ސަރުކާރުގެ ކަންކަން ހިންގުމަށްޓަކައި އިސްކޮށްފައި ތިބި މީހުންގެ ތެރެއިން، އެންމެ އިސްކޮށްހުރި މީހާ، ކަންތައްތަކެއް ކުރިގޮތުން އޭނައަށް އަމިއްލައަށް އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަތީ."

މީގެއިތުރުން ރައީސް ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރަމުންގެންދާ ދައުވާ އާއި ގުޅޭގޮތުން ރައީސް  ވަހީދު ވިދާޅުވީ ޤާނޫނުއަސާސީއާއި ޚިލާފުވީމާ ލިބެންވާ އަދަބެއް ލިބެންޖެހޭނެ ކަމަށާއި، އެ އަދަބު ލިބެން ފެށީމާ ނުކުމެ، ޤައުމު ހަލާކުކޮށްލަން މަސައްކަތް ކުރުމަކީ، ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ނަޒީފް

    ތިވަރުގެ ލަދުނުގަންނަމީހަކު ނުދެކެން.

  2. ޖިހާދު

    ވަގަށް ނެގީ ، ކިޔާނާތްތެރިވީ