ރައީސް ވަހީދު މަސައްކަތްކުރައްވަނީ އިންޑިއާ އާއި ޗައިނާ ޖައްސުވަން: ރައީސް ނަޝީދު

އިންޑިއާގެ އެންޑީ ޓީވީއަށް ދެއްވާފައިވާ އެކްސް ކުލޫސިވް އިންޓަވިއުއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ރައީސް މުހައްމަދު ވަނީދު މަސައްކަތްކުރައްވަނީ ދިވެހިރާއްޖެ މެދުވެރިކޮށް އިންޑިއާއި، ޗައިނާ ޖައްސުވަން ކަމަށެވެ.

“ރައީސް ވަހީދު މަސައްކަތްް ކުރައްވަނީ ރާއްޖޭގައި ހުންނަވައިގެން އިންޑިއާ އާއި ޗައިނާ ޖައްސުވަން. އެމަނިކުފާނަށް މިއައްވުރެ ހުތުރުކަމެއް ނުކުރެވޭނެ. މިފަދަ ނުރައްކާތެރި ހާލަތެއްގައި ގައުމު ބާއްވައިގެން ގައުމެއް ނުހިންގޭނެ.” އެންޑީ ޓީވީ އަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅިވި އެވެ.

ރައީސް ނަޝީދު އެންޑީޓީވީއަށް ވިދާޅުވީ އިންޑިއާއި ދިވެހިރާއްޖެ ގުޅުންބަދަހިކުރަން ޖެހޭނެކަމަށެވެ.

“އިންޑިއާއި ގުޅުންބަދަހިކުރަން އެބަޖެހޭ. ބާރު ސްޕީޑެއްގައި އިންޑިއާ ކުރިއަރަމުން އަންނައިރު އެކަމާއި ދިވެހިރާއްޖެވެސް ގުޅެން އެބަޖެހޭ. މިއީ އަޅުގަނޑުމެންނަށް ވާނެކަމެއް.”

ރައީސް މުހައްމަދު ވަހީދުގެ މައްޗަށް މިފަދަ ތުހުތަތެއް ރައީސް ނަޝީދު ކުރައްވާފައިވާއިރު، ދާދި ފަހުން ދިވެހި ސަރުކާރުންވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ކޮށްފައިވާ އެންމެބޮޑު އިންވެސްޓުމަންޓު ކަމުގައިވާ ޖީއެމްއާރު، ފޮނުވާލާފަ އެވެ. އަދި އެއަށްފަހު ރައީސް ވަހީދުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަނީ ޗައިނާއަށް ވަޑައިގެން އަސްކަރީ އެއްބަސް ވުމެއްގައި ސޮއިކުރައްވާފަ އެވެ. އިންޑިއާއި ޗައިނާ އާއި ދެމެދު ތަފާތު މައްސަލަތަކުގައި ދެބަސްވެފައި އޮތް މި ދަނޑިވަޅުގައި، އިންޑިއާއި އެންމެ އަވަޓްޓެރި ގައުމުގެ ގޮތުގައި އޮވެގެން އިންޑިއާއި ދެކޮޅު ފިޔަވަޅުތަކެއްއަޅައި ޗައިނާއާއި ގުޅުން އިތުރަށް ބަދަހިކުރުންވާނީ އިންޑިއާއަށް ދެވޭ ނިކަމެތިކަމެއް ކަމުގަ އެވެ. ރައީސް ނަޝީދު އެންޑީ ޓީވީ އަށް ދެއްވި އިންޓަވިއުގައި ފާހަގަ ކުރެއްވީ މިކަންތައްތައް ކަމަށް ބެލެވެ އެވެ.

ފަހުގެ