ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ 2 މީހެއްގެ މައްސަލަ ޕީ.ޖީ އަށްފޮނުވައިފި

ބަނގުރަލުގެ ވިޔަފާރިކޮށް އެތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްސަލަ ޕޮރޮސެކިއުޓަރ ޓެނެރަލް އޮފީހަށް ފޮނުވާފައިވާކަމށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހާމަކޮށްފިއެވެ.

ތ. ގާދިއްފުށި، ކެނެރީގެ އިބްރާހީމް ޢިމާދު (18އ) އާއި ކ.ގުރައިދޫ، ސައިމާގެ ޙުސައިން އާފާޤު (18އ) ގެ މައްޗަށް ކުރެވޭ މިތުހުމަތުގެ މައްސަލައިގެ ތަހްޤީގު ނިމި  މިމައްސަލަ ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ކަމަށާއި އިބްރާހީމް ޢިމާދު އާއި ޙުސައިން އާފާޤުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2012 މެއި 22 ވަނަދުވަހު އިބްރާހީމް ޢިމާދު އާއި ޙުސައިން އާފާޤު ގެންގުޅުނު ދަބަހަކުން ސިންގްޓާއޯ ބްރޭންޑުގެ 24 ދަޅު ބިޔަރު ފެނިފައިވާ މައްސަލައާ ގުޅިގެންކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން މައުލޫމާތު ދެއެވެ.

ފަހުގެ