ޒަކީ އަމިއްލައަށް އަރުވާލެވިގެން ހުންނެވިކަން ޢިއުލާން ކުރައްވައިފި

ކުރީގެ ރައީސް ނަޝީދުގެ ސުޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީ އަމިއްލަފުޅަށް ރާއްޖެއިން އަރުވާލެވިގެން ހުންނެވިކަން ޢިއުލާން ކުރައްވައިފިއެވެ.

ރޭ ރާއްޖެ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޒަކީ ވިދާޅުވީ ދެން ރާއްޖެއަށް ވަޑައިގެންނަވާނީ ޑިމޮކުރެޓިކް ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރެވުނު ދުވަހަކުން ކަމަށެވެ. ރޭ ރާއްޖެޓީވީގެ ރޭގަނޑު 8:00 ގެ ޚަބަރަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޒަކީ ވިދާޅުވީ މިއަދު ރާއްޖޭގައި ހިނގަމުންދަނީ ޚުދުމުހުތާރު ވެރިކަމެއް ކަމަށާއި މިވެރިކަން ނިމި މިނިވަން އިންތިޚާބެއް ރާއްޖޭގައި ބޭއްވި އާ ރައީސް އެއް އިންތިޚާބު ކުރުމުން ނޫނީ ދެން ރާއްޖެ ނާންނާނެ ކަމަށެވެ.
ހދ.ހޮނޑައިދޫގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ  ރާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރާއެކު ބަނގުރާ ހިއްޕަވައި މަސްތުވެގެން ތިބި ކަމުގެ ތުހުމަތުގައި ޒަކީ ހދ. ހޮނޑައިދޫން ހައްޔަރުކުރުމާ ގުޅޭ ގޮތުން ރޭ އޭނާ ވިދާޅުވެފައިވަނީ އޭނާއަކީ ކުށްވެރިއެއް ނޫންކަމަށާ، ހޮނޑައިދޫ އޮޕަރޭޝަނަކީ ފުލުހުން ހިންގި ޒަރީމާއެއް ކަމަށެވެ.
ޒަކީ މިވަގުތު ހުންނެވީ އިންޑިއާގަ އެވެ.

ފަހުގެ