ޖީއެމްއާރު މައްސަލައަށްފަހު ޗައިނާއާއި ދިވެހިރާއްޖޭގެ އަސްކަރީގުޅުން ބަދަހިކުރަނީ!!

ޗައިނާގެ އޮންލައިން ނޫހެއްކަމަށްވާ “ޕީޕަލްސް ޑެއިލީ” ގައި ބުނެފައިވަނީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ޗައިނާއަށް ކުރެއްވި ރަސްމީދަތުރުފުޅުގައި ޗައިނާގެ ޑިފެންސް މިނިސްޓަރ ލިއާންގ ގުއާންގްލިއޭ އާއި ބައްދަލު ކުރައްވާފައިވާކަމަށެވެ. އަދި އެ ބައްދަލުވުމުގައި އިންޑިއާގެ އެންމެބޮޑު އެއް ހަތުރުކަމުގައިވާ ޗައިނާއާއި ދިވެހިރާއްޖޭގެ އަސްކަރީ ގުޅުން ބަދަހިކުރުމަށް އެއްބަސްވެފައިވާކަމަށެވެ.

މިބައްދަލުވުމުގައި ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދުގައި އިތުރަށް ގުޅުން ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާކަމަށާއި، ޗައިނާގެ “ވަން ޗައިނާ” ޕޮލިސީއަށް ތާއީދު ކުރައްވާކަމަށް ނާޒިމު ވިދާޅުވިކަމަށް “ޕީޕަލްސް ޑެއިލީ” ގައި ލިޔެފައިވެ އެވެ.

އިންޑިއާގެ ޖީއެމްއާރު ކުންފުނި އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އަތުލުމަށް އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެއްބޭފުޅަކީވެސް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން ނިންމުމުން އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް ބަހުގެ ހޫނު ހަމަލާތަކެއް ދީފަ އެވެ. އިންޑިއާގެ ޖީއެމްއާރު ކުންފުނި އަތުން އެއާޕޯޓު އަތުލުމަށް އިންޑިއާގެ އެމްމެބޮޑު އެއްހަތުރު ޗައިނާއިން ހަރަދު ކުރިކަމަށް އަޑު އަރާފައިވަނިކޮށް، ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމާއިއެކު ނާޒިމުގެ އެންމެ ފުރަމަ ރަސްމީ ދަތުރުފުޅުވެސް ކުރައްވާފައިމިވަނީ ޗައިނާއަށެވެ.

ފަހުގެ