އިންޑޮނޭޝިއާ އަށް ބާރުގަދަ ބިންހެލުމެއް

މިރޭގެ ވަގުތެއްގައި އިންޑޮނޭޝިއާއަށް 7.2 މެގްނެޑިއުޑުގެ ބިންހެލުމެއް ވަނީ އައިސްފަ އެވެ.

ނަމަވެސް ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ބުނެފައިވަނީ މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދުމުގެ ފުރުސަތު ކުޑަކަމަށެވެ. ސަބަބަކީ ބިންހެލުން އައިސްފައިވަނީ ސުނާމީއެއް އުފެދޭ މިންވަރަށްވުރެ ބޮޑަށް ބިމުގެ އަޑިއަށެވެ.

އެމެރިކަން ޖިއޮލޮޖިކަލް ސާވޭ އިން ބުނާގޮތުން 1900 ވަނަ އަހަރުގެ ފަހުން 7.5 މެގްނެޓިއުޑަށްވުރެ ބާރު 22 ބިންހެލުން އިންޑޮނޭޝިއާ ސަރަހައްދަށް އައިސްފައިވެ އެވެ. އިންޑޮނޭޝިއާއަށް އާންމުކޮށް ބިންހެލުން އަންނަނީ، އެ ގައުމު އުފެދިފައިވާ ސަރަހައްދުގެ ގޮތުންނެވެ.

ފަހުގެ