ފެބުރުއަރީ 8 ވަނަ ދުވަހު ފުލުހުން އާންމުންނަށް އަނިޔާކޮށްފައިވާކަމަށް އެކަށީގެންވާ ހެކިލިބިފައިވޭ: ޕީއައިސީ

ފެބުރުއަރީ 8 ވަނަ ދުވަހާއި ގުޅިގެން މިހާތަނަށް ތަހުގީގުކޮށްފައިވާ މައްސަލަތަކުގެ ތެރެއެރިން ދެބައިކުޅަ އެއްބައި މައްސަލައިގައި ފުލުހުން އާންމުންނަށް އަނިޔާކޮށްފައިވާކަން ސާބިތުވާވަރަށް ހެކިލިބިފައިވާ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން (ޕީއައިސީ) ބުނެފި އެވެ.

ޕީއައިސީން މައުލޫމާތު ދޭގޮތުގައި ފެބްރުއަރީ 8 ގެ ހާދިސާތަކާ ގުޅިގެން އެ ކޮމިޝަނުގައި މިހާތަނަށް ރަޖިސްޓްރީކޮށްފައި ވަނީ 24 މައްސަލައެވެ. އެއީ އެ ކޮމިޝަނަށް ލިބުނު ވީޑިއޯތައް ބަލައިގެން ކޮމިޝަނުން ފާހަގަކުރި މައްސަލަތަކާއި އެމްޑީޕީގެ ފަރާތުން ހުށަހެޅި މައްސަލަތަކާއި ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން އާންމުން ދިން މައުލޫމާތުން ފާހަގަކުރެވުނު މައްސަލަތައް ކަމަށް ޕީސީއައި އިން މައުލޫމާތު ދެއެވެ. އޭގެ ތެރެއިން 12 މައްސަލައެއްގެ ތަހުގީގު މިހާރު މުޅިން ނިމިފައިވާ ކަމަށާއި އެ 12 މައްސަލައިގެ ތެރެއިން ހަ މައްސަލައެއްގައި، އަނިޔާކޮށްފައިވާކަން ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާތީ ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ޕީއައިސީން ބުނެފައިވެ އެވެ.

ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހު އެމްޑީޕީ މީހުން ކުރި މުޒާހަރާއަކީ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ވައްޓާލާފައިވަނީ ބަގާވާތަކުންކަމަށްބުނެ ކޮށްފައިވާ މުޒާހަރާއެކެވެ.

8 ފެބުރުއަރީގައި އެމްޑީޕީމީހުން ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވިތަން ދައްކުވައިދޭ ވީޑިއޯއެއް

ފަހުގެ