ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއްނޫން: އުއްތަމަ ފަނޑިއާރު

ހުޅުމާލޭ ކޯޓަކީ ސައްހަކޯޓެއް ކަމަށް ސްޕްރީމް ކޯޓުގެ އެންމެ ކުޑަ އަގުލަބިއްޔަތުން ކަނޑައެޅިކަމުގައިވިއަސް އެމައްސަލައިގައި އުއްތަމަފަނޑިއާރު އަހުމަދު ފާއިޒުގެ ރައުޔަކީ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫނެވެ.

ސްޕްރީމް ކޯޓުގައި ރައުޔު ތަފާތުވެފައިވާ މައްސަލައިގައި، އުއްތަމަ ފަނޑިޔާރާއި އެއް ރައުޔެއް ގެންގުޅުއްވި އަނެއް ދެ ފަނޑިއާރުންނަކީ އަހުމަދު މުއުތަސިމް އަދުނާނާއި، އަބްދުﷲ އަރީފެވެ.

ހުޅުމާލޭ ކޯޓަކީ ސައްހަކޯޓެއް ނޫންކަމަށް ދެކިލައްވާ ފަނޑިއާރުންގެ ރައުޔަކީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާކުރާ މައްސަލަ ބަލަން ތިން ފަނޑިޔާރުންގެ ބެންޗެއް ޖޭއެސްސީން އެކުލަވާލި ނަމަވެސް މައްސަލައެއް ބަލާނެ ފަނޑިޔާރުންގެ ބެންޗު ކަނޑައެޅުމުގެ ބާރު ޖޭއެސްސީ އަށް ލިބިގެން ނުވެ އެވެ. އަދި ހުޅުމާލޭ ކޯޓަކީ މެޖިސްޓްރޭޓް ކޯޓަކަށް ވާއިރު މެޖިސްޓްރޭޓް ކޯޓުގެ އެއްވެސް މައްސަލައެއް ބަލަން އެއް ފަނޑިޔާރުންނަށް ވުރެ ގިނަ ފަނޑިޔާރުންގެ މަޖިލީހެއް އެކުލަވާލެވޭނެ ކަމަށް ބުނާ އެއްވެސް އުސޫލެއް ނެތް ކަމަށް ވެސް ހުއްޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫންކަމަށް ރައުޔު ނެރުއްވި ފަނޑިއާރުންގެ ރައުޔުގައިވެ އެވެ.

ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއްކަމަށް ނިންމާފައިވަނީ ސްޕްރީމް ކޯޓުގެ ހަތް ފަނޑިއާރުންގެ ތެރެއިން ހަތަރު ފަނޑިއާރުން އެގޮތަށް ތާއީދު ކުރައްވައިގެނެވެ.

ކިޔުންތެރިންގެ ހިޔާލު

  1. Dhuvaafaru Dhandahelu

    ނަޝީދުގެ ޝަރިއަތް އިންސާފުވެރިވާނީ ކޮންގޮތަކުންތޯއެވެ.؟ އަންނަނިވި ހަތަރު ކޯޓަކީ މިޤާނޫނުގެ ދަށުން މާލޭގައި އުފައްދާ ހަތަރު ސުޕީރިއާރ ކޯޓެވެ. (1) ސިވިލްކޯޓް (2) ކްރިމިނަލް ކޯޓް (3) ފެމެލީ ކޯޓް (4) ޖުވެނައިލް ކޯޓް (ނ) މި މާއްދާއިގެ (ށ) ގައި ބަޔާންކޮށްފައިވާ ހަތަރު ސުޕީރިއާރ ކޯޓުގެ ޑިވިޜަންތައް ރާއްޖޭގެ އެކިސަރަހައްދުތަކުގައި އުފެއްދިދާނެއެވެ. އެގޮތުން އެއިން ޑިވިޜަނެއް އުފައްދަންވާނީ، އާބާދީއަށާއި އެސަރަޙައްދަކަށް މައްސަލަތަށް ހުށަހެޅޭ ނިސްބަތަށް ބެލުމަށް ފަހުގައެވެ. (ރ) މި މާއްދައިގެ (ނ) ގައިވާ ގޮތުގެމަތީން ޑިވިޜަނެއް އުފެއްދޭނީ ޖުޑީސަލް ކައުންސިލާއި ޖުޑިޝަލް ސާރވީސްކޮމިޝަންގެ ލަފާގެ މަތީން އުއްތަމަ ފަނޑިޔާރުގެ ޤަރާރަކުންނެވެ. (ބ) މި މާއްދާއިގެ (ށ) ގައި ބަޔާންކޮށްފައިވާ ހަތަރު ސުޕީރިއާރ ކޯޓުގެ ހަތަރު ޑިވިޜަން، ރަށެއްގައި ހަމައަށް ގާއިމުވެއްޖެ ހިނދެއްގައި އެ ރަށެއްގެ މެޖެސްޓްރޭޓް ކޯޓް އުވިގެންދާނެއެވެ. އަދި ރަށެއްގައި ގާއިމުކުރެވުނީ އެ ހަތަރު ޑިވިޜަނެއްކަމުގައިވާނަމަ އެޤާއިމުކުރެވުނު ޑިވިޜަނުގެ އިޚްތިޞާޞާގުޅޭ މައްސަލަތައްދެންބަލާނީ މެޖިސްޓްރޭޓް ކޯޓުގެ އެ ޑިވިޜަނަކުންނެވެ. އަޅުގަނޑުގެ ސުވާލަކީ ނަޝީދުގެ ޝަރިއަތް އިންސާފްވެރި ވާނީ ކޮން ގޮތަކުންތޯއެވެ. ޣައިރުޤާނޫނީ ކޯޓަކުން ކުރާ ޝަރީއަތެއް އިންސާފުވެރިވާނޭ ހަމަ އެއްގޮތެއްވެސް ނެތެވެ.
    ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރުން ނިންމަންވީ ދުވާލު މެންދުރު އެފެންނަނީ އިރުގެ ބަދަލުގައި ހަނދޭ، އެހިސާބުން ދުވާލު އަރާނީ ހަނދު ރޭގަނޑު އަރާނީ އިރު، މިހިސާބައް މިވެރިންގެ އަމަލުތައް ދިއުމުން މިކިޔަނީ ހައްދުފަހަނަ އަޅާދިއުމޭ!