އޭސީސީން ކޮށްފައިވާ ޖީއެމްއާރު އެގްރީމެންޓާއިބެހޭ ތަހުޤީގް ލީކްވެފައިވާ ގޮތެއް ހޯދުމަށް އޭސީސީން ފުލުހުނަށް އަންގައިފި

އޭސީސީން ކޮށްފައިވާ ޖީއެމްއާރު އެގްރީމެންޓާއިބެހޭ ތަހުޤީގް ރިޕޯޓް ލީކްވެފައިވާ ގޮތެއް ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފުލުހުނަށް އަންގައިފި އެވެ.

ޓައިމްސް އަށް ވަރަށް މުއުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައ އިއްޔެ ޓައިމްސްގައި ޝާއިއުކުރި، ޖީއެމްއާރާއި ދިވެހި ސަރުކަރާއެކު ވެފައިވާ އެގްރީމެންޓްގެ ކަންތައްތައް ހިނގައި ދިޔަ ގޮތް ބެލުމަށް އޭސީސީން މީގެ ދެއަހަރުކުރިން ތަހުޤީގުކޮށް ހާމަނުކޮށް އޮތް ރިޕޯޓާއި ގުޅިގެން މި ރިޕޯޓް ލީކްވެފައިވާ ގޮތް ބެލުމަށް މިހާރު ފުލުހުން ވަނީ މަސައްކަތް ފަށާފައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ޓައިމްސްގައި މިރިޕޯޓް ފުރަތަމަ ޢާންމުވުމާއި ގުޅިގެން ވަރަށް ގިނަ ސޯޝަލް މީޑިއާތަކުގައި މިވާހަކަ ވަރަށް ބާރަށް ވަނީ ފެތުރިގެން ގޮސްފައެވެ. ޓައިމްސްއަށް އިތުރަށް މައުލޫމާތު ލިބުނު ގޮތުގައި އޭސީސީން ޕޮލިސްކޮމިޝަނަރ އަބްދުﷲ ރިޔާޒު އިއްޔެގެ ވަގުތެއްގައި އެކޮމިޝަނަށް ހާޒިރުކޮށް މިކަންކޮށްފައިވާ ބަޔަކު ހޯދައި ދިނުމަށް އެދިފައިވެއެވެ.

ކާކަން ނޭނގޭ “އީ-މެއިލް” އަކުން ޓައިމްސްއަށް ލިބިފައިވާ ރިޕޯރޓްގެ ސައްހަކަން އޭސީސީން ފުލުހުންނަށް މިރިޕޯރޓް ލީކްވެފައިވާގޮތް ބަލަން އެންގުމުން ހާމަވެގެންދެއެވެ.

ފަހުގެ