ޖީއެމްއާރުގެ މައްސަލައިގައި އޭސީސީން ދެ އަހަރުވަންދެން ސިއްރުކޮށްފައިއޮތް ރިޕޯޓު ލީކުވެއްޖެ!!!

ޖީއެމްއާރުގެ މައްސަލައިގައި އެންޓި ކޮރޮޕްޝަން ކޮމިޝަނުން (އޭސީސީ) އެކުލަވާލާފައިވާ ރިޕޯޓު ލީކުވެއްޖެ އެވެ.

ރިޕޯޓުގެ ހުލާސާގައި ބުނެފައިވަނީ ކޮންސެޝަންގެ އުސޫލުން އެއަރޕޯޓު ހިންގަން ހަވާލުކުރުން ސަރުކާރަށް ލިބޭ މާލީނަފާ މާބޮޑުވާނެކަމަށް ފެންނަކަމަށެވެ.

އެމްވީޓައިމްގެ އީމެއިލަށް ރޭގެ ވަގުތެއްގައި ގޮތްނޭގޭ ފަރާތަކުން ފޮނުވި އީމެއިލެއްގައި އޭސީސީން 2010 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 23 ވަނަ ދުވަހު ނިންމައި ނަމަވެސް މިހާތަނަށް އާންމުކޮށްފައިނުވާ ރިޕޯޓާއި، އެ ރިޕޯޓު އެކުލަވާލުމަށް އޭސީސީގެ އިންވެސްޓިގޭޝަނުގައި ބޭނުންކޮށްފައިވާކަމަށް ބެލެވޭ ކޮންފިޑެންޝަލް ޑޮކިއުމަންޓުތަކެއްވެސް ލިބިފައިވެ އެވެ. އޭގެ ތެރޭގައި 2009 ވަނަ އަހަރުގެ މޯލްޑިވިސް އެއާޕޯޓްސް ކޮމްޕެނީގެ ސްޓަކްޗަރ ރިޕޯޓާއި، ކޮންސެޝަން އެގްރީމަންޓުގެ ޑްރާފްޓާއި، ޖީއެމްއާރު އެގްރީމަންޓުގެ އިންފޮމޭޝަން މެމޮރަމްޑަމްގެ އޮފިޝަލް ޑޮކިއުމަންޓާއި، މާލޭ އިންޓަނޭޝަލް އެއާޕޯޓުގެ ކޮންސެޝަން ރިކުއެސްޓް ފޯ ޕްރޮޕޯސަލް އާއި، އައިއެފްސީން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ޕްޒެންޓޭޝަންތައްވެސް ހިމެނެ އެވެ.

އޭސީސީގެ ރިޕޯޓުގެ ނިންމުމުގައިވަނީ ޓެކްނިކަލް ބިޑް އެވެލުއޭޓު ކުރުމުގައި ނަތީޖާއަށް ބަދަލު ނާންނާނެ ކުދި މައްސަލަތަކެއް ހުރިނަމަވެސް މުޅި ބީލަމުގެ ކަންތައް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ގެންގޮސްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

 މީގެ އިތުރުން އޭސީސީގެ ރިޕޯޓުގައި ބުނެފައިވަނީ 2008 ވަނަ އަހަރުން ފެށިގެން އެއަރޕޯޓްސް ކޮމްޕެނީއިން ލިބެމުންދިޔަ އާމްދަނީ ވަރަށް ބޮޑުތަން ދަށަށްގޮސްފައިވާ ކަމަށެވެ. 2008 ވަނަ އަހަރު ޑިވިޑެންޑްގެ ގޮތުގައި ލިބުނު އާމްދަނީ ކުރިއަށް އޮތް 25 އަހަރަށް ލިބޭނެކަމަށް ބަލައި، އާމްދަނީ 10 ޕަސަންޓުގެ ރޭޓުން ޑިސްކައުންޓު ކުރުމުން އަންނަ ޕްރެސެންޓު ވެލިއުއަކީ 121.14 މިލިއަން ޔޫއެސް ޑޮލަރު ކަމަށެވެ. ނަމަވެސް ޖީއެމްއާރު ބިޑްގައި އެއަރޕޯޓް ހިންގައިގެން ލިބޭނެކަމަށް ލަފާކުރާ އާމްދަނީއިން 25 އަހަރުތެރޭ ސަރުކާރަށް ދައްކާ ފީތައް 10 ޕަސަންޓުގެ ރޭޓުން ޑިސްކައުންޓު ކުރުމުން އަންނަ ޕްރެޒެންޓް ވެލިއުއަކީ 973.91 މިލިއަން ޔޫއެސް ޑޮލަރުކަމަށެވެ.

އޭސީސީގެ ރިޕޯޓު ޑައުންލޯޑު ކުރެއްވުމަށް: Airport privatisation – Report

ފަހުގެ