އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިހުރި ސުމިތު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި އަލީ ހާޝިމް (ސްމިތު) މިއަދު ދޫކޮށްލައިފި އެވެ.

ފުލުހުންގެ ބަންދުން ސްމިތު ދޫކޮށްލިއިރު އޭނާގެ ބަންދުގެ މުއްދަތު ކޯޓުން ހަތަރު ފަހަރެއްގެ މަތިން އިތުރުކޮށްފައިވެ  އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ސުމިތު ދޫކޮށްލާފައިވަނީ ކޯޓަށް މުއްދަތު އިތުރުކުރުމަށް ނުގެންގޮހެވެ.

ފުލުހުން މިރޭ ސްމިތު މިނިވަން ކުރިއިރު އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި މަރިޔަމް ނާއިފާ ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފަ އެވެ.

ފަހުގެ