އިންޑިއާއިން ރާއްޖެއަށް ދެމުންގެންދިއަ އެހީތައް ހުއްޓާލަނީ!!
އިންޑިއާއިން ރާއްޖެއަށް ދެމުންގެންދިޔަ އެހީތައް ހުއްޓުލާމަށް ވިސްނަންފަށައިފި އެވެ.
"ދަ ހިންދޫ" ގައި ލިޔެފައިވާގޮތުން އިންޑިއާއިން މިގޮތަށް ނިންމާފައިވަނީ ދިވެހި ސަރުކާރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުނި އަތުން އަތުލުމަށް ނިންމުމާއި ގުޅިގެނެވެ.
"މިކަމުގެ އަސަރު ދެ ގައުމުގެ ގުޅުމަށް ކުރާނެެ" އިންޑިއާގެ އިސް އޮފިޝަލަކު "ދަ ހިންދޫ" އަށް ބުނެފައިވެ އެވެ.
އިންޑިއާ ސަރުކާރުން މިހެން ބުނެފައިމިވަނީ ޖީއެމްއާރާ އެކު ކުރީ ސަރުކާރުން ވެފައިވާ އެއާޕޯޓް ހިންގުމުގެ އެއްބަސްވުން އުވާލިޔަސް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރުލެއް ނާރާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ރައީސް މުހައްމަދު ވަހީދު ވިދާޅުވެފައިވަނިކޮށެވެ.
ޖީއެމްއާރުގެ އެގްރީމަންޓު އުވާލުމަށް ދިވެހި ސަރުކާރުން ނިންމި ދުވަހު އިންޑިއާ ސަރުކާރުން ބުނެފައިވަނީ ދިވެހިރާއްޖޭގައިވާ އިންޑިއާގެ މަސްލަހަތުތައް ހިމާޔަތްކޮށް އިންޑިއާ ރައްޔިތުންގެ ހިމާޔަތަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމަށް ގާއިމުކުރި އެއްބަސްވުން އުވާލުމާ ގުޅިގެން އިންޑިއާ ސަރުކާރުގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެއްބަސްވުން އުވާލުމާ ގުޅިގެން ހިނގާފާނެ ކަންކަމަށް އިންޑިއާ ސަރުކާރުން ވަރަށް ފަރުވާތެރިކަމާ އެކު ބަލަމުން އަންނަ ކަމަށެވެ..
އެކަމަކު އިންޑިއާއިން ތިކަހަލަ ކަމެއް ކޮށްފާނޭ ހީވެސް ނުވޭ…
މަ މި ހަބަރު ލިޔެފަ އޮތްތޯ ތިޔަ ވިދާޅުވާ އިންޑިއާގެ ނޫސް ބަލައި ބަލައި ވެސް ނުފެނުން. އެންމެ ފަހުން އެ ނޫހުގެ އެޑިޓަރަށް މެއިލް އެއްވެސް ފޮނުވީމަ ޖަވާބުގަ ވިދާޅުވެފައިވަނީ އެކަހަލަ ޙަބަރެއް ޕޯސްޓްކޮށްފައި ނުވާނެކަމަށާއި އެހެން ނަމަވެސް ޖީ.އެމް.އާރާއި ދިވެހި ސަރުކާރާއި ދެމެދު އޮތް މައްސަލަ ތަކުގެ ވާހަކަ ލިޔެފައިވާނެ ކަމަށް.
ކުރާނެ އެއްވެސް ކަމެއްނެތް. ތިކަހަލަ ހުރިހާދެރައެއް ލިބޭނީ ނިކަމެތި ރައްޔިތުންނަށް. މިހުރިހާ ކަމެއްވެސް މިދިމާވީ ވެރިކަމަށް ދަހިވެތިވެފާތިބި ބަޔަކު ގައުމަށްވުރެ އަމިއްލަ އެދުން އިސްކުރުމުން.