ފުލުހުންގެ މުއައްސަސާގެ މަސައްކަތްތައް ޕްރައިވަޓައިސް ކުރަންޖެހޭ: އާޒިމް

ފުލުހުންގެ މުއައްސަސާގެ މަސައްކަތްތައް ޕްރައިވަޓައިސް ކުރަންޖެހޭ ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސްކުރައްވަމުން އާޒިމް ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން އިސްކަންދޭންޖެހޭ ކަންތައްތައް ކަނޑައަޅަންޖެހޭ ކަމަށެވެ.

“ފުލުހުންގެ މުއައްސަސާގެ މަސައްކަތްތައް ހަމަޔަގީނުންވެސް ޕްރައިވަޓައިޒް ކުރަން އެބަޖެހޭ. ފުލުހުންގެ މުއައްސަސާއިން އިސްކަންދޭންޖެހޭ ކަންތައްތައް ކަނޑައަޅަން އެބަޖެހޭ

ސިޔާސީ ނުފޫޒުން ފުލުހުން ސަލާމަތްވާން ޖެހޭ ކަމަށާއި، އެއިރެއްގައި އޮންނަ ސަރުކާރެއް ދެމެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
“އެހެންނަމަވެސް އެކަންވާންޖެހޭނީ ގާނޫނާއި ގަވާއިދުގެ އެތެރެއިން.. ފަހަރެއްގައިވެސް ގާނޫނުން ބޭރުން މިފަދަކަންތައްތައް ސަރުކާރު ހިމާޔަތްކޮށްދޭންވެސް ނުވަތަ އެހެން މުއައްސަސާއެއް ހިމާޔަތްކޮށްދޭންވެސް މަސައްކަތްކުރާކަށް ދިވެހި ފުލުހުންނަކަށް ނުޖެހޭ. އަޅުގަނޑު ޕްރައިވަޓައިޒް ކުރަން ޖެހެއޭ މި ދަންވަނީ….ސިޔާސީ ފަރާތްތަކުގެ ފަހަތުން  ބަނގުރާ ބޯމީހުންގެ ފަހަތުން ދިއުމުގެ ބަދަލުގައި މިއަށްވުރެ މާނޭދެވޭ ނޭއްގާނީ އަމަލުތައް މުޖުތަމައުގައި ހިނގަމުން އެބަދެއޭ.”

ބަޖެޓު ފާސްކޮށް ފުލުހުންނާއި ފައިސާ ހަވާލުކުރާއިރުވެސް އެ ފައިސާ އާއި މެދު ވިސްނަން ޖެހޭކަމަށް އާޒިމް ވިދާލުވި އެވެ.

ފަހުގެ