ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދިން މީހަކު ހަތަރުމަހުގެ ޖަލު ހުކުމެއް!!

ވައްކަން ކޮށްގެން ފިލައިގެން އުޅުނު މީހަކު ހޯދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި ފުލުހަކަށް ތޫނު އެއްޗަކުން ޙަމަލާދިން މީހެއްގެ މައްޗަށް ކުށް ސާބިތުވުމާއި ގުޅިގެން އޭނާ ޖޫރިމަނާކޮށް ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ މއ. ހިތްތަލަވިލާ، ޙުސައިން ނާޘިމް (44އ) ގެ މައްޗަށް ކަމަށް ފުލުހުން ބުނެ އެވެ.

ޙުސައިން ނާޘިމްގެ މައްޗަށް ޙުކުމް ކޮށްފައި ވަނީ 2012 އޭޕްރީލް 10 ދުވަހު ވައްކަމުގެ މައްސަލައަކާއި ގުޅިގެން މާލެތެރެ ބަލަހައްޓަން އުޅުނު ފުލުހުން، މއ. ހިތްތަލަވިލާ، ޙުސައިން ނާޘިމް ހޯދަމުން ދަނިކޮށް ޕޯސްޓް ބިލްޑިންގ ކައިރީގައި ޙުސައިން ނާޘިމް ހުއްޓާ ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުނު ވަގުތު، ފުލުހުންގެ ވެހިކަލްގެ ފަހަތަށްގޮސް ތިރިވުމަށްފަހު ފައިގާ ހަރުކޮށްފައި ހުރި އެއްޗެއްގެ ތެރެއިން ކަޓަރުތިލައެއް ނަގައި ޙުސައިން ނާޘިމް ހިފަހައްޓަން އެވަގުތު މަސައްކަތްކުރި ޕޮލިސް މީހާގެ ކަނާތު ޝަހާދަތް އިނގިލީގައި އަޅައި ޒަޚަމްކޮށްލާފައިވާ މައްސަލައާއި ގުޅިގެންނެވެ.

މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ޙުސައިން ނާޡިމް 8000.00 ރުފިޔާއިން ޖޫރިމަނާކޮށް 04 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފައެވެ. އަދި މިކުށުގެ އުޤޫބާތެއްގެގޮތުން ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު)ގެ 73 ވަނަ މާއްދާއާ ޙަވާލާދީ، އެޤާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ކުރި ޙުކުމުގައި ޙުސައިން ނާޡިމް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ، މި ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން އެކެއް މަސްދުވަހުގެތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ނިންމުމަށް އަންގާފައިވެ އެވެ.

ފަހުގެ