އާންމުކޮށް ހިނގާ ކުށްތަކަށް އާންމުން އަހުލުވެރި ކުރުމުގެ ޕްރޮގުރާމެއް ފުލުހުން ފަށައިފި

މާލެތެރެ އަމާންކޮށް މާލޭގައި ހިންގާ ކުށްތައް މަދުކޮށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ހިންގާ ޕްރޮގުރާމެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ފަށައިފި ކަމަށް ފުލުހުން ބުނެފި އެވެ.

މިހަރަކާތް ފެށުމުގެ ގޮތުން ނޮވެމްބަރު 2 ވަނަ ދުވަހު ހަވީރު  އާއްމުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ގޮސް މައުލޫމާތުދީ ލީފްލެޓް ބަހާފައިވާކަމަށް ފުލުހުން ބުނެ އެވެ. މިހަފްތާގެ ޕްރޮގްރާމުގައި މައުލޫމާތު ދީފައިވަނީ ފޭރުމުން ސަލާމަތް ވާނެގޮތާއި މިފަދަ ކަމެއް ހިނގާނަމަ އެކަން ފުލުހުންނަށް ފަސޭހައިން ރިޕޯޓްކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭނެ ގޮތުގެ މައުލޫމާތު ކަމަށް ފުލުހުން ބުނެ އެވެ.

ސިލްސިލާކޮށް ކުރިޔަށް ގެންދާ މިޕްރޮގްރާމްގައި އެކި ކުށް ތަކާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުމަށް އެކި ދުވަސް މަތިން މަޢުލޫމާތު ދީ ލީފްލެޓް ބެހުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެ އެވެ.

ފަހުގެ