ފުލުހުން ފާރައަށް ތިއްބައި ވައްކަމުގެ ބޮޑު ހަފްތާއެއް!!

ރާއްޖޭގައި އެންމެ ގިނަ ކުށަކީ ވައްކަން ކަމަށާއި، ގެއިން ބޭރަށް ދާނަމަ ދޮރުތައް ރަނގަޅައް ތަޅުލާފައި ދިއުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިއާޒު ވެސް ވަނީ މިއަދު އިލްތިމާސް ކުރައްވާފަ އެވެ.

ޓްވިޓަރގައި މިއަދު ރިއާޒު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި އެންމެ އާންމު ކުށަކީ ވައްކަން ކަމަށެވެ. އަދި ގެއިން ބޭރަށް ދާނަމަ ގެއަށް ވަންނަ ދޮރާއި ކުޑަދޮރު ރަނގަޅަށް ތަޅުލާފައި ދިއުމަށެވެ.

ވައްކަން ކުރާމީހުނަށް ސަމާލުވުމަށް ރިއާޒު އިލްތިމާސް ކުރައްވާފައިވާއިރު، މި ހަފްތާގެ ތެރޭގައިވެސް ވެނީ ބޮޑެތި ވައްކަންތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮށްފަ އެވެ.

މިގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުވަނީ ބ. ރަށު މެޖިސްޓްރޭޓު ކޯޓުގެ ތިޖޫރި ފާޅާލާފަ އެވެ. އަދި ޖެހިގެން އައި ދުވަހު ރ. އިންނަމާދޫ ކައުންސިލް އިދާރާ ފަޅާލައި އެތަނުން ވައްކަން ކުރި މައްސަލައެއްގެ ތަހުގީގު ނިންމައި ތުހުމަތު ކުރެވޭ އަންހެނެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ. އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު މާލޭގެ ގެއަކުން އަގު ބޮޑެތި އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި، ދެ ވަނަ ފުރުސަތުގެ މީހެއްގެ މައްސަލަ ވަނީ ޕީޖީ އަށް ފޮނުވާފަ އެވެ.

އިއްޔެ ކްރިމިނަލް ކޯޓުންވަނީ މަންމައަކު ގެންގުޅުނު ކޮމްޕިއުޓަރެއް ރޫޅާލައިގެން އޭގެއިން ދެ ރެމްކާޑު ވަގަށް ނެގި ދަރިއަކު ދެ އަހަރަށް އަރުވާލަނހުކުމް ކޮށްފި އެވެ. އަދި މިއަހަރުގެ ޖުލައި މަހުގެތެރޭގައި ކ.ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް ވަޅިޔަކުން ހަމަލާދީ ފުލުހެއް މަރާލިމައްސަލާގައި ހައްޔަރުކޮށްފައިވާ ސަމާހުގެ ވައްކަމުގެ މައްސަލައެއްވެސް ވަނީ ތަހުގީން ނިންމައި ދައުވާކުރުމަށް ޕިޖީއަށް ފޮނުވާފަ އެވެ.

މިހަފްތާގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ ވައްކަމަކަށް ހިނގާފައިވަނީ، ނ. ރަންދެލި ރިސޯޓްގެ މާލޭ އޮފީސް ފަޅާލައި ލައްކައަށްވުރެ ގިނަ ރުފިއާ ވަގަށްނެގި ވައްކަމެވެ.

ދާރުލްއާސާރު ކުރިމައްޗަށް ވާގޮތަށް އޮންނަ ކެނެރީ މަގުގައި ހުންނަ އެ އޮފީސް ފަޅާލާފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ. އެ އޮފީސްތެރެއިން ވަގަށް ނަގާފައިވަނީ 80،000ރ. އާއި 3000 ޑޮލަރު،(46260ރ.) އެވެ. އެއީ ރުފިޔާއިން ބަލާނަމަ 126،260ރ. އެވެ.

ފުލުހުންވަނީ އެމީހުން ވައްކަން ކުރިތަން ދައްކުވައިދޭ ވީޑިއޯއެއްވެސް އާންމު ކޮށްފަ އެވެ.

ސައުވީސް ގަޑީރު ހިންގާ ފިހާރަތަކުގެ ހުއްދަ ބާތިލު ކުރިފަހުން ފުލުހުން ވަނީ މާލެތެރެ އަމާން ކުރުމަށްކަމަށްބުނެ ހާއްސަ އޮޕަރޭޝަނެއްވެސް ފަށާފައެވެ. އެގޮތުން އީދުބަންދުގެ ކުރިންވެސް ދަންވަރު ހޭލައި އުޅުނު ދެ ހާހަށްވުރެ ގިނަ މީހުން ބަލާފާސްކޮށް އެމީހުންގެ ޕްރޮފައިލް ހަދާފައިވާކަމަށް ފުލުންވަނީ ބުނެފައެވެ. ނަމަވެސް އާންމުންގެ ގިނަބަޔަކު ބުނަމުން އަންނަނީ ސައުވީސް ގަޑީރު ފިހާރަ ހިންގުމުގެ ހުއްދަ ބާތިލުކުރިފަހުން ވައްކަންތައް އިތުރުވެފައިވާކަމަށެވެ.

ފަހުގެ