ޖީއެމްއާރު މައްސަލައާއިގެން ކުރިޔަށް ދިޔުމުގައި ދައުލަތަށް ބޮޑެތި ދަތިތަކެއް؟

ޖީއެމްއާރުގެ މައްސަލާގައި އޭސީސީއާއި އޮޑިޓަރ ޖެނެރަލް ބައްލަވަމުން ގެންދަވާ ކަންކަމުގެ ތަޙުޤީޤުތައް ނުނިމޭތީ މައްސަލައާއިގެން ކުރިޔަށް ދިޔުމުގައި ދައުލަތަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައި ވާކަމަށް ދައުލަތުގެ ބަންޑާރަނައިބު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ދައުލަތުގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ޖީއެމްއާރުގެ މައްސަލަ އޭސީސީއާއި އޮޑިޓަރ ޖެނެރަލްވެސް ބައްލަވަމުން ގެންދަވާ ކަމަށާއި، އެފަރާތްތަކުން ބައްލަވަމުން ގެންދަވާ މައްސަލަ ތަކުގެ ތަޙުޤީޤުތައް ނުނިމޭތީ ޖީއެމްއާރުގެ މައްސަލާގައި ކުރިޔަށް ދިނުމަށް ދައުލަތަށް ދަތިވެފައި ވާކަމަށެވެ.

އޭސީސީގެ ތަހުގީގު ވެސް އޮޑިޓަ ޖެނެރަލްގެ ތަހުގީގެއް ވެސް ޖީއެމްއާރު މައްސަލާގައި އަދިއެއް ނުނިމޭ. އެކަމާ ހެދިގެން އަސްލު، މައްސަލަ ކުރިއަށް ގެންދިއުމަށް ވަރަށް ދަތިތައް އެބަހުރި. އަދި މި މައްސަލާގައި އޮޑިޓަ ޖެނެރަލްއާ ވެސް އޭސީސީގެ ރައީސާ ވެސް އަޅުގަނޑު ދެ ފަހަރެއް، ތިން ފަހަރުގެ މަތިން ބަދަލުކޮށްފިން. މައްސަލައިގެ ތަހުގީގު ނުނިމޭތީ،” އޭޖީ އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އާޒިމާ ވިދާޅުވި އެވެ.

ދައުލަތުގެ ބަންޑާރަނައިބު ވިދާޅުވީ، ޖީއެމްއާރުގެ މައްސަލާގައި ދައުލަތުގެ އެހެނިހެން އިދާރާ ތަކުން ބަލަމުން ގެންދާ މައްސަލަތައް ބަލާ ނިމި އެ ފަރާތްތަކުގެ ތަޙުޤީޤު ރިޕޯޓުތައް ލިބުމުން އިތުރަށް ކުރިޔަށް ދިޔުމުގައި ފަސޭހަ ވާނެ ކަމަށެވެ.

އާޒިމާ ވިދާޅުވީ ވަގުތީ އަމުރު އިސްތިއުނާފު ކުރި މައްސަލައިގެ ތެރެއަށް ދިވެހި ސަރުކާރުން ނުވަންނަ ކަމަށާއި އެ އަމުރު ހައިކޯޓުން ނެރެފައި ވަނީ އެމްއޭސީއެލްގެ މައްޗަށް ކަމަށް ވުމުން އެ މައްސަލައިގައި ވަކާލާތު ކުރައްވާނީ އެމްއޭސީއެލްއިން ކަމަށެވެ. އަދި ވިދާޅުވީ އެ އަމުރުގެ މައްސަލައިގައި ދިވެހި ސަރުކާރަށް ކާމިޔާބު ލިބޭނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށެވެ.

“އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި 19 ވަނަ ދުވަހު އޮންނަ ހިޔަރިންގައި، އިންޖަންގްޝަން މައްސަލައިގައި [އަމުރު ބާތިލްކުރަން ހުށަހެޅި މައްސަލައިގައި] ކާމިޔާބީއެއް ލިބޭނެ ކަމަށް އަޅުގަނޑުމެންގެ އުންމީދަކީ. އެހެންވެއްޖެއްޔާ އެ މައްސަލާގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ. ސަރުކާރުގެ ނިންމެވުމަކީ މިކަމަށް ޑިޕެންޑްވާ ނިންމުމެއް ކަމުގައިވާކަށް ނުޖެހޭ،” އާޒިމާ ވިދާޅުވި އެވެ.

ޖީއެމްއާރުގެ އެދުމުގެ މަތިން ސިންގަޕޫރުގެ ހައިކޯޓުން މޯލްޑިވްސް އެއާޕޯޓްސް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މައްޗަށް އަމުރެއް ނެރެފައި ވަނީ އާބިޓްރޭޝަންގެ މައްސަލަ ނުނިމެނީސް އެ މައްސަލައާ ގުޅޭ އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދިޔުމަށެވެ. އެ އަމުރުގެ ބާތިލްކުރަން އެ މައްސަލަ ހައިކޯޓަށް ވެއްދީ އެމްއޭސީއެލްއިންނެވެ.

ފަހުގެ