އަނެއްކާ ވެސް އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރަން ފާސްކޮށްފި

އާންމު ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ރޭ ބާއްވައި އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރަން ކޮމެޓީން ފާސްކޮށްފި  އެވެ. އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރަން އާންމު ކޮމެޓީން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެމްޑީޕީން ރޭ ހުށަހެޅި ކުއްލި މައްސަލާގައި ވަނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ޝިފާޒް މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވާފައިވާ އިސްލާހުތައް ކޮމެޓީން ދިރާސާ ކުރައްވައި ގޮތެއް ނިންމަވައި ދިނުމަށެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް ޓަކައި މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިސްލާހު ފާސްވީ ކޮމެޓީ އަށް ހާޒިރުވި އަށް މެންބަރުންގެ ތެރެއިން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ހަތަރު މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ފަހުގެ