ޕީޕީއެމްގެ ކޮންގުރެސް އަނެއްކާވެސް ފަސްކޮށްފި

ޕީޕީއެމްގެ ކޮންގްރެސް ތިން ވަނަ ފަހަރަށް ފަސްކޮށް، އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް އެ ޕާޓީގެ ކައުންސިލުން ނިންމައިފި އެވެ.

ޕީޕީއެމުން ބުނެފައިވަނީ ކޮންގްރެސް ފަސްކުރަން ކައުންސިލުން ނިންމީ، ގައުމީ ޖަލްސާ ބޭއްވުމަށް އެކަށީގެންވާ ތަނެއް ހަމަނުޖެހިގެންނެވެ. އަންނަ މަހު ދަރުބާރުގޭގައި ބާއްވަން ހަމަޖައްސައި ސިޓީ ފޮނުވުމުން އެ ތާރީހަށް އެތަން ނުލިބުނު ކަމަށް ޕީޕީއެމުން ބުނެ އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީ ރަޖިސްޓްރީކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާ ބާއްވަންޖެހެ އެވެ. ނަމަވެސް އޭރު ގައުމަށް ދިމާވި ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ކަމަށް ބުނެ އަންނަ ނޮވެމްބަރު މަހުގެ ،13 14 އަދި 15 އަށް ފަސްކުރުމަށް ފަހު މިހާރު އެ ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 17- 19 އަށެވެ.

ފަހުގެ