ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ސާމާނު ތަކަކާއެކު ހއ. ހޯރަފުށިން ހަތަރު މީހަކު ހައްޔަރު ކޮށްފި

ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ސާމާނު ތަކަކާއެކު ހއ. ހޯރަފުށިން ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހައްޔަރު ކޮށްފައިވަނީ 25 އަހަރާ 28 އަހަރާ 29 އަހަރާ 31 އަހަރުގެ ފިރިހެނުން ކަމަށެވެ.

މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހޯރަފުށީ ޕޮލިސް ސްޓޭޝަނަށް ފަހަކަށް އައިސް ވައްކަމުގެ ގިނަ މައްސަލަތަކެއް ހުށަހެޅި ރަށުތެރޭގައި އަމަން އަމާންކަން ގެއްލެމުންދާތީ މިފަދަ ކުށްކުރާ މީހުން ހޯދައި ރަށުތެރޭގައި އަމަން އަމާންކަން ޤާއިމް ކުރުމަށް ހޯރަފުށީ ޕޮލިސް ސްޓޭޝަނުން މިމަހު 26 ން ފެށިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެކި ދުވަސް މަތިން ކަމަށް ފުލުހުން ބުނެ އެވެ.

މިގޮތުން ވަގަށްނަގައިފައިވާ ކަމަށް ތުހުމަތުކުރެވޭ އޮރިއެންޓް ބްރޭންޑްގެ 02 ފަންކާ އާއި ހެޑް ލައިޓަކާއި 13 ރޯލް ކަރަންޓް ނަރާއި 06 އިސްކުރު ސްޓަޑް އާއި އަވިދާ ރޯލަކާއި ކައްޓާއެއްގެ އިތުރުން 05 ބަސްތާ ސިމެންތި މި އޮޕަރޭޝަނުގައި ހޯދާފައި ވެއެވެ. މީގެ ތެރެއިން ބައެއް ތަކެތި ހޯދާފައިވަނީ ރަށުގެ އެކި މީސް މީހުންނަށް ވަރަށް ކުޑަ އަގަކަށް ވިއްކާފައި ވަނިކޮށެވެ. އަދި މިމައްސަލަ ތަކުގެ ތުހުމަތުގައި ހައްޔަރުކުރި ބައެއް މީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ އެ މައްސަލަތަކުގައި ވަގަށްނެގި ސާމާނު ވިއްކަންއުޅެނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.

ފަހުގެ