ހުޅުމާލެ ކޯޓުގެ ގާޒީން އަނެއްކާވެސް މަޖިލީހަށް ހާޒިރުވުމަށް އަންގައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގަވާއިދާ ހިލާފަށް ބަންދުގައި ބަހައްޓައިގެން ގެންގުޅުކަމުގެ ތުހުމަތުގައި ރައީސް މުހަންމަދު ނަޝީދުގެ ޝަރީއަތް ހިންގަވާ ތިން ފަނޑިޔާރުން ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުވާން އަނެއްކާވެސް އަންގައިފި އެވެ.

މާދަމާ ރޭ ބާއްވާ ކޮމިޓީ ބައްދަލުވުމަށް ތިން ފަނޑިޔާރުން ހާޒިރުވުމަށް އެންގާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.  އެ ފަޑިޔާރުން ކޮމެޓީއަށް ހާޒިރުވުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރައްޔިތުން މަޖިލީހުން ވަނީ ފަޑިޔާރުންނަށް އަންގައިފަ އެވެ.

ރައީސް ނަޝީދުގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންނަކީ އއ. އަތޮޅުގެ އިސް މެޖިސްޓްރޭޓް އަބްދުﷲ ނާސިރު އަބްދުލްރަހީމް އާއި، ގއ. އަތޮޅު އިސް މެޖިސްޓްރޭޓް ޝުޖާއު އުސްމާނުގެ އިތުރުން އދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ހުސައިން މަޒީދެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހާއި، ޖޫޑީޝަރީ ވަނީ ދެބަސްވެފަ އެވެ. ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމާއި މަޖިލީހުން ކަޑައަޅާ ގޮތެއްގެ މަތީން މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރު ކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވާކަމަށް މަޖިލީހުން ބުނާއިރު، ޖުޑީޝަރީން ބުނަމުން އަންނަނީ ފަނޑިޔާރުން ޖަވާބުދާރީ ކުރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ކަމަށެވެ.

ފަހުގެ