ނަގޫރޯޅީގެ އަސަރު އެމެރިކާގެ 50 މިލިއަން މިހުނަށް ކުރާނެ!!!

ނަގޫރޯޅި “ސޭންޑީ” ގެ އަސަރު އެމެރިކާގެ 50 މިލިއަން މީހުނަށް ކުރާނެ ކަމަށް މޫސުން ދިރާސާ ކުރާ ފަރާތްތަކުން ބުނެފި އެވެ.

މިހާރުވެސް އެމެރިކާގެ އިރުމަތީ އައްސޭރިފަށައް ނަގޫރޯޅި “ސޭންޑީ” ގެ އަސަރު ވަނީ ކުރަންފަށާފަ އެވެ.

“ސޭންޑީ” ގެ ނަމުން ނަންދެވިފައިވާ ނަގޫރޯޅި އާއި އެކު އެމެރިކާއަށް އަރަންފަށާފައިވާ ތޫފާނުގެ ސަބަބުން ބައެއްސަރަހައްދު ތަކުގައިވަނީ ފެންބޮޑުވެ ކަރަންޓުވެސް ކަނޑައިގެން ގޮސްފަ އެވެ.

ތޫފާނުގެ އަސަރު ކުރަންފެށުމާއި އެކު، އެގައުމުގެ ގިނަސަރަހައްދުތަކުންވަނީ އާންމު ދަތުރުފަތުރު ކުރުމުގެ ނިޒާމް ހުއްޓާލާފަ އެވެ. އަދި 7،500( ހަތް ހާސް ފައްސަތޭކަ) އަށްވުރެ ގިނަ ފުލައިޓުވެސް ވަނީ ކެންސަލްކޮށްފަ އެވެ.

މީގެ އިތުރުން އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި، މިޓް ރޮމްނީ ވަނީ ކެންޕޭނު ދަތުރުފުޅުތައް ހުއްޓަވާލައްވާފަ އެވެ.

އެމެރިކާގެ ތާރީހުގައިވެސް މިހާތަނަށް އަންނަ އެންމެ ނުރައްކާތެރި ތޫފާނާއި އެކު، ނަގޫރޯޅި “ސޭންޑީ” އެމެރިކާއަށް އަރާނެ ކަމަށް ލަފާކޮށްފައިވަނީ ރާއްޖެގަޑިން މިރޭ ފަތިހު ފަހެއް ޖަހާއިރު އެވެ.

ފަހުގެ