އެއާޕޯޓް ތަރައްޤީ ކުރަން ޚަރަދު ކުރާނެ ކަމަށް ބުނެ އިޢުލާނު ކޮށްފައިވާ ޢަދަދުތަކަކީ ބޮޑު އޮޅުވާލުމެއް: ޑރ ހަޞަން ސަޢީދު

އެއާޕޯޓް ތަރައްޤީ ކުރަން ޚަރަދު ކުރާނެ ކަމަށް ބުނެ އިޢުލާނު ކޮށްފައިވާ ޢަދަދުތަކަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި، ޖީއެމްއާރާއި ކުރީގެ ސަރުކާރުން ވެސް މީޑިޔާގެ ވަޞީލަތްތައް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައި ވާކަމަށް ޤައުމީ ޕާޓީގެ ރައީސް ޑރ ހަޞަން ސަޢީދު ވިދާޅުވެއްޖެއެވެ.

މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އިންޑިޔާގެ ޖީއެމްއާރަށް ދިގު މުއްދަތަކަށް ދިނުމުގައި ހުރި ގެއްލުން ތަކާއި ގޮންޖެހުން ތަކުގެ ނަމުގައި ރައީސް ވަޙީދުގެ ސްޕެޝަލް އެޑްވައިޒަރގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ޑރ ޙަޞަން ސަޢީދު ނެރުއްވާފައި ފޮތުގައި ވިދާޅުވެފައިވަނީ މާލޭ ބައިނަލް އަޤްވާމީ ވައިގެ ބަނދަރު ހިންގުމަށް ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ހަވާލުކޮށްފައިވާ، އިންޑިއާގެ ޖީއެމްއާރު ކުންފުނިން އެއާޕޯޓް ތަރައްގީ ކުރުމަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދު ކުރަން ނިންމާފައި ވާކަމަށް ބުނެ ޖީއެމްއާރާއި އޭރުގެ ސަރުކާރުންވެސް މީޑިޔާގައި ތަފާތު ޢަދަދު ތަކެއް ހާމަކޮށްފައި ވީ ނަމަވެސް އެ ޢަދަދު ތަކަކީ އެއްބަސްވުމުގައިވާ ޢަދަދު ތަކެއް ނޫން ކަމަށެވެ.

އެގޮތުން ޖީއެމްއާރުން އެއާޕޯޓް ތަރައްޤީ ކުރުމަށް ފައްސަތޭކަ އެގާރަ މިލިޔަން ޑޮލަރު ޚަރަދު ކުރަން ނިންމާފައި ވާކަމަށް އޭރުގެ ސަރުކާރައި ޖީއެމްއާރުން ހާމަ ކުރި ނަމަވެސް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ތަކަށް ބަލާއިރު ޙަޤީޤަތުގައި އެއާޕޯޓް ތަރައްޤީ ކުރުމަށް ޖީއެމްއާރުން ޚަރަދު ކުރަން އެއްބަސް ވެފައި ވަނީ އެންމެ ތިންސަތޭކަ ފަސްދޮޅަސް އަށް މިލިޔަން ޑޮލަރު ކަމަށް ޑރ ހަޞަން ވިދާޅުވިއެވެ.

ޑރ ހަޞަން ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރާއި ޖީއެމްއާރުންވެސް އެކި މުނާސަބަތާއި ގުޅުވައިގެން އެއާޕޯޓް ތަރައްޤީ ކުރުމަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ ޢަދަދުތައް ކަމަށް ބުނެ އެކި ޢަދަދުތައް ހާމަ ކޮށްފައި ވާކަމަށާއި، ދެފަރާތުން އިޢުލާނު ކުރާ ޢަދަދުތައް އެއާޕޯޓް ޖީއެމްއާރާއި ޙަވާލު ކުރި ދުވަހުން ފެށިގެން ފަހަރަކަށްވުރެ ފަހަރެއް މަދުވަމުން ގޮސްފައިވާ ކަމަށެވެ. އެގޮތުން އެއާޕޯޓް ތަރައްޤީ ކުރުމަށް ޖީއެމްއާރުން ފައްސަތޭކަ އެގާރަ މިލިޔަން ޑޮލަރު ޚަރަދު ކުރާނެ ކަމަށް ސަރުކާރާއި ޖީއެމްއާރުން ހާމަ ކުރި ނަމަވެސް އެ ޢަދަދު ފަހުން ފައްސަތޭކަ މިލިޔަން ޑޮލަރަށް ތިރިވެފައި ވާކަމަށާއި، އެޢަދަދު ފަހުން ހަތަރު ސަތޭކަ ފަންސާސް މިލިޔަން ޑޮލަރަށް ބަދަލުވެ އޭގެ ފަހުން ހަތަރު ސަތޭކަ މިލިޔަން ޑޮލަރަށް ވެސް ދަށްވެފައި ވާކަމަށް ޑޜ ޙަޞަން ވިދާޅުވިއެވެ.

ޙަޞަން ވިދާޅުވީ ހަތަރުސަތޭކަ މިލިޔަން ޑޮަލަރަށް އެ އަދަދު ދަށް ވުމަށް ފަހު އޭގެ ފަހުން އެ ޢަދަދު ތިންސަތޭކަ ހަތްދިހަ ތިން މިލިޔަން ޑޮލަރަށް ދަށްވި ނަމަވެސް އެއާޕޯޓް ތަރައްޤީ ކުރުމަށް ޖީއެމްއާރުން ޚަރަދު ކުރަން އެއްބަސް ވެފައިވާ ޙަޤީޤީ ޢަދަދަކީ ތިންސަތޭކަ ފަސްދޮޅަސް އަށް މިލިޔަން ޑޮލަރު ކަމަށެވެ. ޖީއެމްއާޜުން ކުރިން ވަނީ އެއާޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ފައްސަތޭކަ އެގާރަ މިލިޔަން ޑޮލަރު ލިބިފައި ވާކަމަށް ބުނެ އެ ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށް ބުނާ ބެންކު ތަކުގެ ނަންތައްވެސް ހާމަ ކޮށްފައެވެ.

ފަހުގެ