ބަނގުރާ ކައްކަމުން ދިޔަ ތިން ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ތިލަފުށީ ސައިޓެއްގައި ބަނގުރާ ޝައްކުކުރެވޭ އެއްޗެއް ކައްކަމުން ދިޔަ ތިން  ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި މެރައިން ޕޮލިސް ގުޅިގެން ރޭ 07:50 ހާއިރު ހިންގި އޮޕަރޭޝަންގައި ބަނގުރާ ކައްކަން ތިއްބައި ތިލަފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިންޑިއާގެ 46 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރުން ބަނގުލަދޭޝްގެ 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 5 ލީޓަރުގެ 3 ފުޅިއާއި 500 އެމް.އެލް ގެ 3 ފުޅީގެ އިތުރުން ބަނގުރާ ކައްކަން ތައްޔާރުކޮށްފައި ހުރި 20 ލީޓަރުގެ 8 ހަމާއި ބަނގުރާ ކެއްކުމަށްޓަކައި ބޭނުންކުރާ އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

ފަހުގެ