ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު – ސަރުކާރު

Palastine

ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފަލަސްތީނުގެ ޣައްޒާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުން ތަކާ ގުޅިގެން ނެރުނު ބަޔާނުގައި އެމިނިސްޓްރީން ބުނީ ރާއްޖޭގެ ސަރުކާރާއި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށެވެ.

ޕަލަސްތީނުގެ ހަމާސް ޖަމާއަތުން ކުއްލިއަކަށް އިސްރާއީލަށް ދޭންފެށި ހަމަލާތަކާއި ގުޅިގެން މުޅި ދުނިޔެ ސިހިފައި އޮތް ދަނޑިވަޅުގައި ފޮރިން މިނިސްޓްރީން ބުނީ މިމައްސަލައަށް އޮތް ދާއިމީ ހައްލަކީ 1967 ގައި ކަނޑައަޅާފައިވާ ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެގެން ކަމަށެވެ.

ފޮރިން މިނިސްޓްރީން ފަލަސްތީނުގެ ރައްޔިތުންނާއި އެކު ރާއްޖެ އޮތްކަމަށް ބުނެ ބަޔާން ނެރުނު އިރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ޤަވާއިދާ ހިލާފަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ޔަހޫދީ ދައުލަތުން ކުރަމުންގެންދާ މަސައްކަތް ވަގުތުން ހުއްޓާލައި މިހާރު ހިފާފައިވާ ބިންތައް ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.

ފަހުގެ