“ދަ ހޮބިޓް: އޭން އަންއެކްސްޕެކްޓެޑް ޖާނީ” އަކީ ފިލްމް ސީރީއެޒް ކަމަށްވާ “ލޯޑް އޮޮފްދަ ރިންގްސް” ގެ ޑައިރެކްޓަރ ޕީޓަރ ޖެކްސަން ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.
މާދަމާ 4000 ތިއޭޓަރަށް މި ފިލްމު އަންނައިރު، މި ފްލްމުން “ލޯޑް އޮފް ދަ” ރިންގްސްގައި ފެނިފައިވާ ގިނަ ކެރެކްޓަރ ތަކެއްވެސް ފެނިގެންދާނެ އެވެ. މިހެންކަމުން މި ފިލްމު ވެގެންދާނީ ލޯޑް އޮފް ދަ ރިންގްސް ގެ ސަޕޯޠަރުންނަށް ވަރަށް ހިތްގައިމު ފިލްމެއްކަމަށެވެ.
“ދަ ހޮބިޓް: އޭން އަންއެކްސްޕެކްޓެޑް ޖާނީ” ގައި ދައްކުވައިދޭނީ ބިލްބޯ ބެގިންސް ގަންޑޯފް އާއި އެކު ވަގައްނަގާފައިވާ ހަޒާނާއެއް ހޯދުމަށް ކުރާ ދަތުރެވެ.
“ލޯޑް އޮފް ދަ ރިންގްސް” އަށް ސަޕޯޓުކުރާ އެތައްބައަކު ރާއްޖޭގައި ތިބި ނަމަވެސް މި ފްލްމު އަދި ރާއްޖޭގެ ތިއޭޓަރު ތަކަށް އަންނާނެ ދުވަހެއް އަދި ނޭންގެ އެވެ.