ޢަދާލަތުޕާޓީގެ ރިޔާސީ މެނިފެސްޓޯގެ ތީމުތައް ހާމަކޮށްފި

ކުރިއަށްއޮތް ރިއާސީ އިންތިޚާބުގެ ކެމްޕެއިންގައި ޢަދާލަތުޕާޓީން ނެރޭ މެނިފެސްޓޯގެ ތީމުތައް މިއަދު އެޕާޓީން ހާމަކޮށްފިއެވެ.

މިއަދު އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވީ ” އަޅުގަނޑުމެން މިއަދު މެނިފެސްޓޯގެ ތިމުތަކާއިގެން މިނުކުތީ ނޫސްވެރިންނާއެކު މަޖާކޮށްލާކަށެއްނޫން. މިއީ އިރާދަކުރެއްވިއްޔާ ތަންފީޒްކުރެވޭނެ ކަންތައްތަކެއް. މިތަންފީޒްކުރާނީ ކާކުތޯ އެސުވާލުގެ ޖަވާބު އަރުވަންޖެހޭވަގުތު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަރުވާނަން. މިކަން ތަންފީޒްކުރުމުގެ ޤާބިލްކަން ހުރި ވެރިޔަކަށް އެފަދަ ބަޔަކަށް މިކަންކުރެވޭނެ ކަމަގަކުން އަޅުގަނޑުމެން ކަންކަން ކުރަމުން ގެންދާނަން.” ކަމުގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީން ނެރޭ މެނިސްފެސްޓޯގެ ތީމު ތަކުގެ ގޮތުގައި ތިންކަމެއް ވަނީ ހާމަކޮށްފައެވެ. އެއީ ފާގަތިކަން،  ހަމަހަމަކަން، އަދި ރައްކާތެރިކަމެވެ.

ފާގަތިކަމުގެ ތީމިގެ ދަށުން ފާގަތި ދިރިއުޅުމެއް ފޯރުކޮށްދޭނެކަމާއި، ޒުވާނުންނަށް ފުރުސަތުތައް ތަނަވަސްކުރުމާއި، އިޤްތިސާދީ ގޮތުން ޤައުމު ފުދުންތެރިކުރުމަށް މަސައްކަތް ކުރާނެކަމަށް އެޕާޓީން ބުނެއެވެ. އަދި ހަމަހަމަކަމުގެ ތީީމުގެދަށުން ހަމަހަމަ ގޮތެއްގައި އަސާސީ ޚިދުމަތް ފޯރުކޮށްދިނުމާއި، މުއްސަނދިންނާއި ފަޤީރުންގެ މެދުގައި އޮންނަ ފަރަޤު ކުޑަކުރުމަށް މަސައްކަތްކުރުން ހިމެނޭކަމަށްވެސް އެޕާޓީން ވަނީބުނެފައެވެ. ރައްކާތެރިކަމުގެ ތީމުގެދަށުން ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމާއި މަސްތުވާތަކެތީގެ ވަބާއާއި އިޖުތިމާޢީ ބަލިތަކުން މުޖުތަމަޢު ސަލާމަތްކުރުން ހިމެނެއެވެ.

މިތިން ތީމުގެވެސް އަސްލަކީ އިސްލާމްދީންކަމަށާއި، މިކަންކަން އެންމެފުރިހަމައަށް ލިއްބައިދެވޭނީ އިސްލާމީ އުސޫލްތަކުގެ ތެރެއިންކަމަށް އެބާޓީން ބުނެއެވެ.

ފަހުގެ