ދޯންޔެއްގެ ނަގިލިލާން އުޅުނު މީހަކު މަރުވެއްޖެ

މަހުން ލަފައި ދޯނީގެ ނަގިލިލާން އުޅުމުގެ ތެރޭގައި މީހަކު މަރުވެއްޖެ އެވެ.

ރޭ މަރުވެފައިވާ މީހަކީ ސ. ހިތަދޫ ވައިޖެހޭގެ މުޙައްމަދު އިސްޙާޤް (28) އ ކަމަށް ފުލުހުން ބުނެ އެވެ.

އޭނާ ގެބިފައިވަނީ ފަރެސްމާތޮޑާގައި ދުއްވާ ފުވައްމުލަކު ދޯންޏެއް ކަމަށްވާ މަސްތިލަ ނަމަކަށް ކިޔާ ދޯނި ރޭ ގާތްގަޑަކަށް 10:00 ހާއިރު މަހުން އައިސް ފަރެސް މާތޮޑާ ފަޅުތެރޭގައި ނަގިލި އަޅަން އުޅުމުގެ ތެރޭގައޮ ނަގިލި ގަލެއްގައި އަޅައިގަތުމުން އެނައްޓަން މޫދަށް އެރިގެން އުޅެނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.

މީނާ ނަގައިގެން ސިއްހީމަރުކަޒަށް ގެންގޮސްފައިވަނީ ދޯނީގައި އެވަގުތު ތިބި ފަޅުވެރިން އޭނާ ވަގުތުން ފަރެސްމާތޮޑާ ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންބުނެ އެވެ.

ނަމަވެސް ސިއްހީމަރުކަޒަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާކަމަށް  ކަމަށް އޭނާ ބެލި ޑޮކްޓަރު ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.

ފަހުގެ