ރޮޒައިނާ އާއި ލޯޔަރު ވައްޑެއާ ދެމެދު ބަހުގެ ހަމަލާތަކެއް!

ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓުގައި ހުރި ވާހަކަތަކަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރަގެ މެމްބަރު ރޮޒައިނާ އާދަމްވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ ޢާއިލާގެ ބައެއް ބޭފުޅުންނަށް ނިސްބަތްކޮށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައެވެ.

އެގޮތުން ތީމުގޭގެ ބަޖެޓުން ރައީސް މައުމޫނާއި އެމަނިކުފާނުގެ ޢާއިލާއިން ނަހަމަގޮތުގައި ހޭދަކޮށްފައިވާކަމަށް ރޮޒައިނާ ޓުވިޓާގައި ބުނެފައިވެއެވެ. ހަމަ އެއާއެކު ރޮޒައިނާ ވަނީ މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ބޭރު ޤައުމުތަކުން ސަރުކާރުގެ ޚަރަދުގައި ކުރައްވާފައިވާ ވިޔަފާރިތަކުގެ ބައެއް ބިލްތައްވެސް ޢާއްމުކުރައްވާފައެވެ.

ރައީސް މައުމޫންގެ ފަރާތްޕުޅުން ރޮޒޭނާއަށް ރައްދު ނުދެއްވައި، ހުންނެވެވުމަށްފަހު، އެމަނިކުފާނުގެ ޤާނޫނީވަކީލް އަލްއުސްތާޛު މުޙަންމަދު ވަޙީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވަނީ ރޮޒައިނާއަށް ރައްދު ދެއްވައި ބައެއް މީޑިއާތަކުގައި ވާހަކަފުޅު ދައްކަވާފައެވެ. ވައްޑެ ވިދާޅުވެފައިވަނީ ކުރީގެ ރައީސްގެ ޙައިސިއްޔަތުން މައުމޫން ތީމުގޭބަޖެޓުން ކުރައްވާފައިވާ ހުރިހާ ޚަރަދަކީވެސް ޤާނޫނީ އިމުގެތެރެއިން ކުރައްވާފައިވާ ޚަރަދުތަކެއް ކަމުގައެވެ. މައުމޫނާއި އެމަނިކުފާނުގެ ޢާއިލާއިން ކުރައްވާފައިވާ މިބާވަތުގެ ހުރިހާ ޚަރަދުތަކަކީވެސް ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރެވި، އެޚަރަދުތައް ކުރުމުގެ ޤާނޫނީ ޙައިސިއްޔަތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމެއްކަމުގައި ވައްޑެ ވިދާޅުވެފައިވެއެވެ.

އެގޮތުން ކުރައްވާފައިވާ ހުރިހާ ޚަރަދުތަކެއްގެ ތަފްސީލް ތީމުގޭގެ ލިޔެކިއުންތަކުން ފެންނަން ހުންނާނެކަމަށާއި ރައީސްކަމުން ވަކިވެވަޑައިގެން މައުމޫން ތީމުގެއިން ނުކުމެވަޑައިގެންނެވިއިރު އެހުރިހާ ލިއެކިއުންތަކެއް ތީމުގޭގައި ހުންނާނެކަމަށް ވައްޑެ ވިދާޅުވެފައިވެއެވެ.

ވައްޑެގެ މިވާހަކަތަކަށް ރައްދުދީ އަނެއްކާވެސް މިއަދު ރޮޒައިނާވަނީ ފުލުފުލުން ޓްވީޓް ތަކެއް ކޮށްފައެވެ. އެޓްވިޓް ތަކުގައި ބުނެފައިވަނީ، ނޫ ޤާނޫނޫ އަސާސީގެ ދަށުން ތައުލަތުގެ މާލިއްޔާއިން އެގޮތަށް ޚަރަދުކުރުމުގެ ފުރުސަތު މައުމޫނަށް ލިބިވަޑައިގަތުމަކީ ތީމުގޭ ބަޖެޓުން ކުރައްވާފައިވާ ޚަރަދުތައް އެގޮތަށް ކުރެއްވޭނެ ކަމުގެ ދަލީލެއް ނޫންކަމުގައެވެ. އަދި ޤާނޫނޫން އެފަދަ ފުރުސަތެއް ލިބިވަޑައިގަތަސް އެއީ އިޚްލާސްތެރިކަމާއެކު ކުރައްވާފައިވާ ހޭދަތަކެއްނޫންކަމަށާއި، އެއީ ހަމަ ކޮރަޕްޝަންކަމުގައެވެ.

ރޮޒައިނާގެ މި ޓްވިޓްތަކާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ގިނަމީހުން ޓްވީޓާގައި ރޮޒައިނާއަށް ފާޑުކިޔާފައިވެއެވެ. އެމީހުންބުނަނީ އިއްޔެއާ ހަމައަށް މައުމޫނަށް ސަނާކިޔައި އެމަނިކުފާނަށް ފަހިވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުގެ ބޭރުން މަސައްކަތްކުރި މީހަކު މިއަދު މައުމޫންގެ ކޮރަޕްޝަންގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެކަމުގަ އެވެ.

ފަހުގެ